ދެކުނު ޣައްޒާ ދޫކޮށް ދިޔަ މީހުންގެ އަދަދު 75,000 އަށް އަރާ ކަމަށް އދ އިން ހާމަކޮށްފިއެވެ.
އދ ގެ ފަލަސްތީނު ރެފިއުޖީންނާބެހޭ އޭޖެންސީގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެފައިވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދެކުނު ހުޅަނގު ގައްޒާގައި 75,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވާ ކަމަށެވެ.
ލަޒަރީނީ ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ހިޖުރަކުރުމަށް އަންގަމުންދާ ކަމަށާއި މީގެ ސަބަބުން އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ.
ނިރުބަވެރި އިސްރާއީލުން ދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ބޮންއަޅައި މީހުންނަށް ނޫޅުވޭވަރަށް ތަންތަން ވީރާނާ ކުރަމުންނެވެ. މިއާއި އެކު އިސްރާއީލުގެ އަމުރަށް ހިޖުރަކުރަން ރައްޔިތުންނަށް ވަނީ މަޖުބޫރުވެފައެވެ.
ގެދޮރު ދޫކޮށް ދާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ގެންދެވެނީ އެމީހުންގެ ހަމައެކަނި ދަރިން ކަމަށާއި، އަނެއްބައި މީހުންނަށް ގެންދެވެނީ އެމީހުންގެ މުޅި ހަޔާތް ކުޑަ ދަބަހެއްގައި ބަންދުކޮށްގެން ކަމަށް ލަޒަރީނީ ވިދާޅުވިއެވެ.
ޒަޔަނިސްޓް އިސްރާއީލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހަމަލާތައް ދެމުންދާއިރު މިހާރު އިސްރާއީލުން ކުރަމުންދާ އެންމެ ބޮޑު ޑިމާންޑަކީ ސިޓީތަކުން ބޭރުވުމެވެ.

ކިޔުންތެރިންގެ ހިޔާލު