އީރާނުގެ ވަރުގަދަ އިންޒާރާއެކު ނިރުބަވެރި އިސްރާއީލު ހައި އެލާޓަށް ގޮސްފިއެވެ.

ދުވަސްތަކެއްގެ ތެރޭގައި އިސްރާއީލަށް ބޮޑު ހަމަލާއެއް ދިނުމަށް އީރާނުން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓް ކޮށްފައި ވަނީ ހުކުރު ދުވަހުއެވެ. އެއާއެކު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ދީފާނެ ހަމަލާއަކަށް ހުށިޔާރުވާން ފަށާފައެވެ.

އީރާނުގެ މި އިންޒާރު އައީ ޖުލައި 31 ވަނަ ދުވަހު ތެހެރާނުގައި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ ހުންނަވަނިކޮށް އޭނާ އަވަހާރަކޮށްލި މައްސަލައިގައި އެކަމުގެ ބަދަލު ހިފާނެ ކަމަށް ހަމާސް އިން ބުނުމާގުޅިގެން އައި އިންޒާރެކެވެ.

ބޭރުގެ މީޑިޔާ އެކްސިއޯސް ނިއުސް ސައިޓުން ހަވާލާދީ މަސްދަރުތަކުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އާކުރުމަށް މަޝްވަރާ ކުރަމުންދާއިރު އޭގެ ކުރިން އިސްރާއީލަށް ސީދާ ހަމަލާއެއް ދިނުމަށް އީރާނުން ދަނީ ތައްޔާރުވަމުންނެވެ.

މި ރިޕޯޓުން ހާމަވި ގޮތޮގައި އީރާނުގެ އެތެރޭގެ ބައިބައިވުންތަކެއްވެސް މިހާރު ހުރިކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

މެދުއިރުމަތީގެ މަސްރަހު މިހާ ހޫނުކޮށް އޮތް ދަނޑިވަޅުގައި އެމެރިކާއިން ދަނީ އިސްރާއީލަށް އަސްކަރީ ހަތިޔާރު ދެމުންކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން