ޣައްޒާގެ ނަސްލު ނައްތާލުމަށް ނިރުބަވެރި އިސްރާއީލުން ކުރާ ހަނގުރާމައަށް އެހީވުމަށް އެގައުމަށް ވާގިވެރިވާ އެމެރިކާ އިން 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ދޭން ފާސްކޮށްފިއެވެ.

އެމެރިކާ ސަރުކާރު ފުރިހަމަ ތާއީދާ އެކު އެގައުމުން އިސްރާއީލަށް އެހީވުމަށް ނިންމާފައި މިވަނީ އިސްރާއީލުގެ ސިފައިން ޣައްޒާ އާއި އެގައުމުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކުށެއް ނެތް ޣައްޒާގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ ބޭރުކޮށް ޝަހީދުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަންގާރަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރި އިއުލާނެއްގައި ބުނީ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން ހަތިޔާރު ވިއްކުމަށް ރުހުން ދީފައިވާ ކަމަށާއި މިފަހަރު އިސްރާއީލަށް ދޭ ހަތިހާރުގެ ތެރޭގައި ޓެންކް މުނިޝަންތަކާއި އެއާ ޓު އެއާ މިސައިލްތަކުގެ އިތުރުން ފަޔަރ ޖެޓްތައް ހިމެނެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެމެރިކާއިން އިސްރާއީލުގެ ސަލާމަތަށް ވައުދުވެފައިވާ ކަމަށާއި އަމިއްލަ ދިފާއުގައި ވަރުގަދަ އަދި ތައްޔާރީ ގާބިލްކަމެއް ތަރައްގީކޮށް ދެމެހެއްޓުމަށް އިސްރާއީލަށް އެހީތެރިވުމަކީ އެމެރިކާގެ ގައުމީ މަސްލަހަތަށް މުހިންމު ކަމެއް ކަމަށެވެ.

ހަތިޔާރު ދިނުމަށް ފާސްކޮށްފައި މިވަނީ މެދުއިރުމަތީގެ މަސްރަހު ހޫނުވެ އެ ސަރަހައްދުގައި ވަރުގަދަ ހަނގުރާމައެއް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ. މިކަން މިހާހިސާބަށް ދިޔައީ ހަމާސް އާއި ހިޒްބުاللهގެ އިސް އޮފިޝަލުން އަވަހާރަކޮށްލުމާ ގުޅިގެން އީރާނާއި ލުބުނާނުން އޭގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދިނުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން