ރަޝިއާއާއި ޔޫކްރޭނާއި ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރަޝިއާގެ ކަރސްކްގައި ތިބި ދިވެހިން ރައްކާތެރިވުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.

ރަޝިޔާއާއި ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ރަޝިއާގެ ކަރސްކް ސަރަހައްދަށް ނުރައްކާގެ ހާލަތު އޮތުމުން، ވުޒާރާ އާއި ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން ކަރސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ގާތުން ބަލަމުންގެންދާ ކަމަށެވެ.

މި ދަނޑިވަޅުގައި ކަރސްކް ސަރަހައްދުގައި ދިރިއުޅޭ އަދި އެ ސަރަހައްދަށް ދަތުރުފަތުރު ކުރާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރަޝިއާގެ ކަރސްކްގައި އޮތް ނުރައްކަލުގެ ހާލަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެންބަސީއަށް ގުޅުމަށް ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްބަސީއާ ގުޅޭނެ މައުލޫމާތު:

ފޯނު: 491712916461+

ހޮޓްލައިން: 493020073860+

ރަޝިއާއާއި ޔޫކްރޭނާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައަށް 901 ދުވަސް ވެފައިވާއިރު މި ހަނގުރާމައިގެ ތެރޭގައި ޔޫކްރޭނުން ވަނީ ރަޝިއާގެ ގިނަ ސިޓީތަކަށް އެއްގަމު މަގުން އަރައި ހަމަލާދީފައެވެ. ޔޫކްރޭނުން ހަމަލާދެމުން އަންނަ ރަޝިއާގެ ބައެއް ސިޓީތަކުގެ ތެރޭގައި ބެލްގޮރޮޑް، ކަރސްކް، ބްރިޔަންސް ފަދަ ބޮޑެތި ސިޓީތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން