ހަތަރު ހާސް އުޅަނދު ޕާކު ކުރެވޭ ވަރަށް ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް ހަދަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ހުޅުމާލެ ޑިވޮލޮޕްމަންޓް ޕްލޭންގެ ތެރެއިން ހަދަން ނިންމާފައިވަނީ 15 ވަރަަކަށް ޕާކިން ބިލްޑިން ކަމަށެވެ.

އަދި އެއާއެކު ހަތަރު ހާސް އުޅަނދު ޕާކު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

އެއާއެކު ރައްޔިތުން ގެންގުޅޭ ކާރުތަކާއި އުޅަނދުތައް ދާއިމީކޮށް ބާއްވާނެ ތަނެއް ދެން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ކުރިއަށް އޮތް ތަނުގައި ވިޔަފާރި އުސޫލުން ކުރިއަށް ގެންދާނެ ޕްރޮޖެކްޓެއް. އެހެންވީމާ މި ޕްރޮޖެކްޓްވެސް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އިއުލާންކޮށްލާނަން. އަދި މީގެ އެޕްރެސެއިލްގެ މަސައްކަތްތަކެއް މި އަހަރު ނިމުމުގެ ކުރިން ފައްޓާނެ ކަމުގެ ޔަގީންކަން އަރުވަން." ފަޒުލް ވިދާޅުވި އެވެ.

މާލެއެކޭ އެއްގޮތަށް ހުޅުމާލޭގެ މަގުތަކުގައި ވެސް އުޅަނދުތައް މަޑުމަޑުން ތޮއްޖެހެމުންދާކަން ފާހަގަކޮށްލެވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން