ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތްތާ ގާތްގަނޑަކަށް ފަސް އަހަރު ފަހުން އަނެއްކާވެސް އުތުރު ކޮރެއާ ފަތުރުވެރިކަމަށް ހުޅުވާލަން ނިންމައިފިއެވެ.

އެގޮތުން ޑިސެމްބަރު މަހު ބޭރުގެ ފަތުރުވެރިންނަށް އެގައުމު ހުޅުވާލާނެ ކަމަށް ޓުއާ އޮޕަރޭޓަރުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ބީބީސީން ރިޕޯޓު ކުރާ ގޮތުގައި އުތުރު ކޮރެއާ ފަތުރުވެރިންނަށް ހުޅުވަން ތައްޔާރުވުމާއެކު ޗައިނާގެ ދެ އޮޕަރޭޓަރަކު ވަރަށް އަވަހަށް އުތުރު ކޮރެއާގެ އުތުރުން ފަރުބަދަމަތީ ސިޓީއެއް ކަމަށްވާ ސަމްޖިޔޯން އަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދޭނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅު ކޯވިޑް-19 ފެށުމާއެކު އުތުރު ކޮރެއާގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަނެ، ކޮވިޑާ ގުޅިގެން އެޅި ހުރަސްތަކަށް ލުއި ދޭން ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

ބޯޑަރު ބަންދުކުރުމުގެ ސަބަބުން އުތުރު ކޮރިއާއަށް ޒަރޫރީ މުދާ އެތެރެކުރުން ވެސް މެދުކެނޑުނެވެ. އަދި އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން ބައިނަލްއަގްވާމީ ގޮތުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަންވެސް ވަނީ އިތުރުވެފަ އެވެ.

"މިހާތަނަށް ރަސްމީކޮށް ކަށަވަރުވެފައިވަނީ ހަމައެކަނި ސަމްޖިޔޮން ނަމަވެސް އަޅުގަނޑުމެންނަށް ހީވަނީ ޕިއޮންގްޔަންގް އާއި އެހެނިހެން ތަންތަން ވެސް ހުޅުވާނެ ކަމަށް" ޓެރެވެލް އެޖެންސީއަކުން ބުނެފައިވެއެވެ.

ސަމްޖިޔޮންގައި ބޮޑު ރިކޮންސްޓްރަކްޝަނެއް ކުރިއަށްދާއިރު، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އެއާފީލްޑެއް އަލުން ބިނާކޮށް، އަސްކަރީ ސްކީ ބޭސްއެއް ރިސޯޓަކަށް ބަދަލުކޮށް، ބޭރުގެ ފަތުރުވެރިންނަށް އާ ރޭލުތަކާއި ހޮޓަލްތައް އެޅުމުގެ ޕްލޭންތައް ޖުލައި މަހު ހާމަކޮށްފަ އެވެ.

ކިމް އޭރު ވިދާޅުވީ "ބައިނަލްއަގްވާމީ ފަތުރުވެރިކަން އާލާކުރުމުގެ" ޕްލޭންތައް އަމާޒުކުރާނީ "ރަހުމަތްތެރި" ގައުމުތަކުން ޒިޔާރަތްކުރާ ފަރާތްތަކަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން