ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުالله ގެ ހާއްސަ ހުށައެޅުމަކާއެކު އެންމެ ބަރު މީހާގެ ލަގަބު ހޯދާފައިވާ މީހަކު 500 ކިލޯ ލުއިކޮށްފިއެވެ.

އެގޮތުން ބަރުދަނުގައި 610 ކިލޯ ހުރި ޚާލިދު ބިން މުހުސެން ޝާރީ ނަމަކަށް ކިޔާ މި މީހާ ވަނީ އޭނާގެ ބަރު ހަށިގަނޑުން 542 ކިލޯގެ ބަރުދަން ލުއިކޮށްފަ އެވެ.

2013 ވަނަ އަހަރު ތިން އަހަރަށް ވުރެ ގިނަ ދުވަހު ބަލި ހާލަތު ހުރި ގޮތުން އެނދުމަތިކޮށްފައި އޮތް ޝާރީ އަށް އެހީތެރިވަމުން ދިޔައީ އޭނާގެ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިންނެވެ. ފުރާނައަށް ގެއްލުންވާ ހިސާބަށް ބަރުދަން އިތުރުވެފައި ވަނިކޮށް ޝާރީއަށް އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ހުރިހާ އެހީއެއް ދެއްވުމަށް ރަސްގެފާނު އަބްދުالله ހުށައެޅިއެވެ.

ޝާރީ އަކީ ދުނިޔޭގެ ރެކޯޑްކުރެވިފައިވާ ތާރީޚުގައި ދެވަނައަށް އެންމެ ބަރު މީހާ ކަމަށްވާއިރު އަބްދުالله ރަސްގެފާނުގެ ދީލަތި އެހީއާއެކު ޝާރީއަށް ބޭސްކުރުމަށް 30 މެޑިކަލް ޕްރޮފެޝަނަލުންގެ ޓީމެއް އެކުލަވާލިއެވެ. އޭނާ އަށް ފަރުވާކުރުމުގައި ޑޮކްޓަރުން ވަނީ ކެއުމުގެ ހާއްސަ ޕްލޭނެއް ހަދައި ކަސްރަތު ޕްރޮގްރާމެއް ވެސް ކުރުވާފައެވެ.

ޑޮކްޓަރުންގެ ލަފާއާއި އިރުޝާދުގެ އެހީގައި ޝާރީއަށް ފަރުވާކުރަން ފެށިތާ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި ޝާރީގެ ހަށިގަނޑުގެ ބަރުދަނުގެ ދެބައިކުޅަ އެއްބައި ދަށްވިއެވެ. މި މުއްދަތުގެ ތެރޭގައި ޝާރީގެ ހަށިގަނޑުން ބަރުދަން ލުއި ވުމުގެ ސަބަބުން ބަރުދަނަށް ހަށިގަނޑު ހޭނުވުމާއި މޮބިލިޓީ ރަނގަޅު ކުރުމަށް ފިޒިއޮތެރަޕީ ވެސް ދެވުނެވެ.

2023 ވަނަ އަހަރު ޝާރީގެ ބަރުދަން 63.5 ކިލޯއަށް ދަށްކޮށްފައިވާއިރު އޭނާ އަކީ މިހާރު އެހެން މީހުން ފަދައިން އަމިއްލަ އަށް ހިނގާބިނގާވެ އުޅޭ ދުޅަހެޔޮ މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން