ޕާކިސްތާނުން ނުރައްކާތެރި މަކުނު ވިދުރީގެ ފުރަތަމަ ކޭސް ފެނިއްޖެއެވެ.
މަކުނު ވިދުރި ނުވަތަ އެމްޕޮކްސް ހަލުވިކަމާއެކު އެފްރިކާ ބައްރުން ފެތުރުމާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މި ބަލިމަޑުކަމުގެ ކޭސްއެއް އިއްޔެ ސްވެޑެން އިންވެސް ފެނިފައިވާއިރު މިއަދު މިވަނީ މި ބަލީގެ ތިން ކޭސް ޕާކިސްތާނުން ފެނިފައެވެ.
ޕާކިސްތާނުން މި ބަލި ފެނިފައި ވަނީ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްއިން ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން މައުލޫމާތު ދެއެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ބަލި ޖެހުނު މީހުންތަކަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ޕާކިސްތާނަށް އައި ބައެއް ކަމަށެވެ.
ފާއިތުވި އަހަރުގައި ވެސް ޕާކިސްތާނުން މި ބަލި ޖެހިގެން ނުއަ މީހުން ރިޕޯޓުކޮށްފައި ވެއެވެ. އެގޮތުން އޭރު މި ބަލި ޖެހުނު އެންމެންނަކީ މެދުއިރުމައްޗާއި އެހެނިހެން ސަރަހައްދުތަކުން ޕާކިސްތާނަށް ދިޔަ ދަތުރުވެރިންނާ ގުޅުން ހުރި މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ ކުރިން ޕާކިސްތާނުން މި ބަލި ޖެހިގެން އެކަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ގައިން ގަޔަށް އަރާ މި ވައިރަސް ހުން ޖެހުނު ފެންނާނެ އަލާމަތްތަކުގެ ތެރޭގައި ރޯގާ ޖެހުމާއި ހަށިގަނޑުގައި ރިއްސުން ހިމެހެއެވެ. އާންމުކޮށް 2 ހަފްތާއާއި 4 ހަފްތާއާ ދެމެދުގެ މުއްދަތަކަށް މީގެ އަސަރު ދެމިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު