ތައިލޭންޑުގެ އާ ބޮޑުވަޒީރަކަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނާވަތުރާގެ ދަރިކަނބަލުން ޕެޓޮންގްޓާން ޝިނާވަޓްރާ އިންތިހާބުވެއްޖެއެވެ.
ތައިލެންޑްގެ އެންމެ ބާރުގަދަ އެއް ސިޔާސީ ދަރިކޮޅަށް ނިސްބަތްވާ ޕެޓޮންގްޓާން ޝިނާވަޓްރާ މިއަދު އެގައުމުގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވި އިރު އޭނާ އަކީ އެގައުމުގެ އެންމެ ޒުވާން ބޮޑުވަޒީރުކަން ފާހަގަ ކުރެވެއެވެ.
ޕެޓޮންގްޓާން އިންތިހާބުވީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމުގެ ގޮތުން ހުކުރު ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމާ ގުޅިގެންނެވެ. ބޮޑުވަޒީރަކު އިންތިހާބު ކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕެޓޮންގްޓާން ޝިނާވަޓްރާ އިންތިހާބުވީ 319 ވޯޓު ލިބިގެންނެވެ. އޭނާ އާ ދެކޮޅަށް 145 ވޯޓު ދެއްވާފައިވާއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 27 މެމްބަރުން ތިއްބެވިއެވެ.
ފޭއު ތައި ޕާޓީއަށް ނިސްބަތްވާ ޕެޓޮންގްޓާން އަކީ ތައިލެންޑުގެ 31 ވަނަ ބޮޑުވަޒީރެވެ. މިއަދު އެމަގާމަށް އިންތިހާބުވި އިރު އޭނާގެ އުމުރަކީ 37 އަހަރެވެ. އެހެންކަމުން ޕެޓޮންގްޓާން އަކީ އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އެންމެ ޒުވާން އަދި ތައިލެންޑްގެ ސަރުކާރުގެ އިސްވެރިއަކަށް ވެވަޑައިގެންނެވި ދެވަނަ އަންހެންބޭކަނބަލެވެ.
2014 ވަނަ އަހަރު ތައިލެންޑުގައި ހިނގި ހަމަނުޖެހުމެއްގައި ޕެޓޮންގްޓާންގެ ދައްތަ ޔިންގްލަކް ޝިނާވަޓްރާ ވަނީ ބޮޑުވަޒީގެ މަގާމުން ދުރުކޮށްފައެވެ. އަދި 2006 ވަނަ އަހަރު އެގައުމުގައި ހިނގި ހަމަނުޖެހުމެއްގައި ޕެޓޮންގްޓާންގެ ބައްޕަ ތަކްސިން ވެސް ވަނީ ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު