ރާއްޖޭގެ އުފެއްދުންތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު" 2025 ވަނަ އަހަރުގެ މެއި 23 އިން 31 އަށް ބޭއްވުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ފަރުދުންނާއި، ކުންފުނިތަކާއި، ވިޔަފާރިތަކާއި، ރަށްތަކާއި ސިޓީތަކުގެ އިތުރުން ތަޢުލީމީ މަރުކަޒުތަކަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި މައުރަޒު އޮންނާނީ ހުޅުމާލޭގައި ކަމަށާއި ޖުމުލަ 81 ދާއިރާއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު މި މައުރަޒުގެ ތެރެއިން ލިބިގެންދާނެކަމަށެވެ.

އަދި މައުރަޒުގެ މުބާރާތްތަކުގެ އިތުރުން، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް، އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓް ހިމެނޭގޮތަށް މައުރަޒު ފަރުމާ ކުރެވޭނެ ކަމަށާއި މީގެ އިތުރުން، އާ އީޖާދުތައް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ އުފެއްދުންތެރިންނަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން ރިސަރޗް ގްރާންޓް ފަންޑުން އެހީތެރިކަން ފޯރުކޮށްދޭން ވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މި މައުރަޒުގައި ބައިވެރިވާން ކަންކުރަންވީގޮތާއި ސުންގަޑި ފަހުގެ ތާރީޚެއްގައި އާންމު ކުރާނެކަމަށް ވެސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން