ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އިއްޔެ އިސްރާއީލަށް ވަޑައިގެންފިއެވެ.
މިއީ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނީއްސުރެ މި ސަރަޙައްދަށް އޭނާ ކުރައްވާ ނުވަވަނަ ދަތުރެވެ. ބްލިންކެން އިސްރާއީލަށް މި ވަޑައިގެންނެވީ ޣައްޒާގެ މައްސަލަ ޙައްލުކުރުމަށްޓަކައި އެމެރިކާއިން އާ ހުށަހެޅުމެއް ހުށަހެޅިތާ ދުވަސްކޮޅެއް ފަހުންނެވެ.
ޤަތަރުގެ ދައުޙާގައި މަޝްވަރާތައް އަލުން ފެށުމާ ގުޅިގެން، އެމެރިކާއާއި އިސްރާއީލުން ވަނީ އެއްބަސްވުމަކަށް ވާސިލުވެވިދާނެކަމުގެ އުންމީދު ފާޅުކޮށްފައެވެ. އެހެންނަމަވެސް، ހަމާސްއިން ވަނީ ކުރިއެރުން ލިބޭކަމުގެ ވާހަކަތަކަކީ "އަވާމެންދުރެއް" ކަމަށް ސިފަކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ނޭނގި ތިއްބާ ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި އިސްރާއީލުގެ 1,200 އަށްވުރެ ގިނަ މީހުން މަރުވެ، 251 މީހުން ރަހީނުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައިވެއެވެ. މި ހަމަލާއަށް ޖަވާބު ދީ، ރަހީނުން މިނިވަންކޮށް ހަމާސް ވުޖޫދުން ފޮހެލުމުގެ ނަމުގައި، އިސްރާއީލުން މިއަދާ ހަމަޔަށް އަންނަނީ ޣައްޒާއަށް ހަމަލާދީ ކުށެއް ނެތް އެތައް ހާސް ބަޔަކު މަރައި މުޅި ޣައްޒާ ސުންނާފަތި ކުރަމުންނެވެ.
އިސްރާއީލުގެ މި ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 40,000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި އޭގެ އިތުރުން މި ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ވަނީ ތަފާތު އެކި ޒަޚަމްތައް ލިބި ގެދޮރު ގެއްލި ބިކަވެފައިވެއެވެ. މިހާރު މުޅި ޣައްޒާ އޮތީ އިންސާނީ ބޮޑު ކާރިސާއަކަށް ބަދަލުވެފައެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން، ހަފުތާއެއްގެ މުއްދަތަށް ހަނގުރާމަ ހުއްޓާލައި، އިސްރާއީލުގެ ޖަލުތަކުގައި ތިބި 240 ފަލަސްތީނު މީހުން ދޫކޮށްލުމާ ގުޅިގެން ހަމާސްއިން 105 ރަހީނުން ދޫކޮށްލިއެވެ.
އިސްރާއީލުން ބުނާ ގޮތުގައި 111 ރަހީނުން އަދިވެސް ބަންދުގައި އެބަތިއްބެވެ. އަދި އޭގެ ތެރެއިން 39 މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވޭތުވެދިޔަ ހަފްތާގައި ހާމަކުރެއްވި ގޮތުގައި އެއްބަސްވުމަކާ ހަމައަށް ވާސިލުވުމަށް މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ކައިރިވެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބިންޔާމިން ނެތަންޔާހޫ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ބުނެފައިވާ ގޮތުގައި، ރަހީނުން ދޫކޮށްލުމާ ގުޅޭގޮތުން އުނދަގޫ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، ނަމަވެސް އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބައެއް އަސާސީ އުސޫލުތައް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ ލުއިދެވޭނެ ކަންތައްތަކާއި، ލުއިދެވެން ނެތް ކަންތައްތައް ހުންނާނެކަމަށެވެ.
ހަމާސްގެ އިސް އޮފިޝަލަކު މިދިޔަ ހޮނިހިރު ދުވަހު ބީބީސީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުގެ ދެމެދުގައި ވާހަކަދަައްކަމުން އަންނަ މެދުވެރިންގެ ފަރާތުން ލިބިފައިވާ ހުށަހެޅުންތަކާމެދު ހިތްހަމަނުޖެހޭކަމަށާއި ފާހަގަކުރެވޭ އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.
އިސްރާއީލުން 27 މެއިގައި ހުށަހެޅި ހުށަހެޅުމަށް ބިނާކޮށް އެމެރިކާގެ ރައީސް ބައިޑެން އެކުލަވާލެއްވި އެއްބަސްވުން ތިން މަރުހަލާއަކަށް ބަހާލައިގެން ތަންފީޒުކުރުމަށް ވަނީ ރޭވިފައެވެ:
ފުރަތަމަ މަރުހަލާ: މި މަރުހަލާގައި ހިމެނެނީ 6 ހަފްތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާގެ މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކުން އިސްރާއީލު ސިފައިން ބޭލުމާއި، ޣައްޒާގައި ރަހީނުކޮށްފައި ތިބި މީހުންގެ ތެރެއިން އަންހެނުންނާއި މުސްކުޅިންނާއި، ބަލިމީހުންނާއި އަދި ޒަޚަމްވެފައިވާ މީހުން ހިމެނޭގޮތަށް ބަޔަކު މީހުން ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން އިސްރާއީލުން ހައްޔަރުކޮށްފައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން ބަޔަކު ދޫކޮށްލުމެވެ.
ދެވަނަ މަރުހަލާ: މި މަރުހަލާގައި ހިމެނެނީ ބާކީ ތިބި ރަހީނުންގެ ތެރެއިން ދިރިހުރި އެންމެން ދޫކޮށްލުމާއި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމެވެ.
ތިންވަނަ މަރުހަލާ: މި މަރުހަލާގައި ހިމެނެނީ ޣައްޒާ އަލުން އިމާރާތްކުރުމުގެ ތަފްސީލީ މާސްޓަރ ޕްލޭނެއް ތަންފީޒުކުރަން ފެށުމާއި، މަރުވެފައިވާ ރަހީނުންގެ ހަށިތައް އަނބުރާ ރައްދުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު