އަވައްޓެރި އިންޑިޔާގައި އަންހެނަކު ބަހެއްގެ ތެރެއަށް ވިހައިފިއެވެ.
ޓެލަންގާނާ ސްޓޭޓް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަން (ޓީއެސްއާރުޓީސީ) އިން ދަތުރުކުރަމުން ދިޔަ އަންހެނަކު އޭނާގެ އަލަތު ދަރިފުޅު ވިހާފައި ވަނީ އޭނާ އެ ބަހުން ދަތުރުކުރި ނަރުހަކާއި ބަސް ކޮންޑަކްޓަރުގެ އެހީތެރިކަމާއެކުގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގައްދޫން ވަނާޕާތީ ނަމަކަށް ކިޔާ މި އަންހެން މީހާ ބަހުގައި ދަތުރުކުރަމުން ދަނިކޮށް އޭނާ އަށް ކުއްލިއަކަށް ވިހެއުމުގެ ތަދުތަކެއް ކުރިމަތިވީކަމަށެވެ. އެއާއެކު ވަގުތުން ބަސް މަޑުކުރި ކަމަށާއި އަދި އޭގައި އެވަގުތު އިން ނަރުހެއް އަންހެންމީހާ އަށް އެހީތެރިވި ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މި ހާދިސާ އާއި ގުޅިގެން ޓީއެސްއާރުޓީސީގެ މެނޭޖިން ޑިރެކްޓަރު ވީސީ ސައްޖަނާރު ވަނީ ބަސް ކޮންޑަކްޓަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ބަސް ތެރެއަށް ވިހެއުމަށް ފަހު މަންމައާއި އޭނާގެ އަލަށް އުފަންވި ތުއްތު ދަރިފުޅަށް އިތުރު ފަރުވާ ދިނުމަށް އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ވަނީ ގެންދެވިފައެވެ.
ނޫސްތަކުން ބުނާގޮތުގައި މިވަގުތު މަންމައާއި އޭނާގެ ދަރިފުޅުގެ ހާލުވެސް ރަނގަޅެވެ. އޭނާ ބަސްގެ ތެރެއަށް ވިހަން ޖެހުނީ އެވަގުތުގެ ހާލަތު ހުރި ގޮތުން ހޮސްޕިޓަލަށް ދިއުމަށް ވަރަށް ގިނަ ވަގުތު ނަގާނެތީ ކަމަށާއި އަދި މާބޮޑަށް ލަސްވެއްޖެ ނަމަ ދަރިފުޅަށް ނުވަތަ މަންމަގެ ފުރާނައަށް ގެއްލުން ވެދާނެތީ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު