ރ. ހުޅުދުއްފާރު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް، މިހާރު ތާރު އެޅުމާއި ހަމައަށް ގޮސްފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ބުނެފި އެވެ.
އާރުޑީސީން ބުނީ ހުޅުދުއްފާރުގެ މަގު ހެދުމުގެ މަޝްރޫޢު ޖުމްލަ މަސައްކަތުގެ 87 ޕަސެންޓް މިހާރު ނިންމާލައިފައިވާ ކަމަށެވެ.
އަދި މަގުތަކުގައި ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އެގޮތުން މައިގަނޑު ގޮތެއްގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ނިމި، ތާރުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯރސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެ މަސައްކަތުގެ 73 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އާރުޑީސީން ބުނީ އެ މަޝްރޫޢުގެ ދަށުން ޖުމްލަ 3.1 ކިލޯމީޓަރު ދިގު މިނުގައި ޖުމްލަ 6 މަގެއްގައި ތާރު އަޅާނެ ކަމަށެވެ.
ޖުމްލަ 88.9 މިލިއަން ރުފިޔާއަށް ހުޅުދުއްފާރުގެ މަގު ހެދުމުގެ މަޝްރޫޢު އާރުޑީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ މޭ މަހުގައެވެ.
ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ، ކޭބަލް ޖަންކްޝަން ނެޓްވޯރކާއި ސްޓޯރމް ވޯޓަރ ނެޓް ވޯކް ވެސް ގާއިމު ކޮށްގެންނެވެ. މީގެ އިތުރުން ޕަމްޕް ސްޓޭޝަންތައް ބަހައްޓައި މަގުބައްތި ވެސް ހަރުކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު