ރާއްޖޭގެ މަރުކަޒީ ބޭންކު, އެމްއެމްއޭގައި ހުންނަ ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވް އެއްކޮށް ހުސްވި ކަމަށް ބުނާ ވާހަކަތައް އެމްއެމްއޭއިން ދޮގުކޮށްފި އެވެ.
ރިޒާވް ހުސްވި ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ރިޕޯޓްކުރި ހަބަރަކާ ގުޅިގެން އެމްއެމްއޭއިން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ ހަބަރަކީ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ހިމެނޭ ޚަބަރެއް ކަމަށެވެ.
އެމްއެމްއޭއިން ބުނީ ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އެއޮތޯރިޓީން ދާނީ މަހުންމަހަށް ބަރާބަރަށް ޝާއިއުކުރަމުން ކަމަށެވެ. އަދި ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ މި މަސް ނިމޭއިރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައި ވެއެވެ.
"އެހެންކަމުން މިފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ހަގީގަތާއި ހިލާފަށް ގެނެސްދިނުމަކީ މިއޮތޯރިޓީން ނުހަނު ކަންބޮޑުވާކަމެއްކަމުގައި ދަންނަވަމެވެ." އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޒަރޫރީ ބޭނުންތަކަށާއި ރާއްޖެއަށް ކޮންމެހެން ބޭނުންވާ އިމްޕޯޓް މުދާ އެތެރެކުރުމަށް ހާއްސަކޮށްފައި އޮންނަ ބޭނުން ކުރެވޭ ރިޒާވް މިދިޔަ ޖުލައި މަހު ހުރީ 43 މިލިއަން ޑޮލަރުގަ އެވެ.
ރާއްޖެއަށް އިގުތިސާދީ ގޮތުން ދަތިވެފައިވާ މި ދަނޑިވަޅު ސަރުކާރުން ދަނީ ހަރަދުތައް ކުޑަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު