އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓެއް ކަމަށްވާ މުޙައްމަދު އިލްޔާސް ނިޔާވެއްޖެއެވެ.

މުޙައްމަދު އިލްޔާސް އަކީ ޖުމްލަ 39 ކެންޑިޑޭޓުން ބައިވެރިވާ އެ އިންތިޚާބުގައި ވާދަ ކުރައްވާ ހަމައެކަނި މުސްލިމް ކެނޑިޑޭޓް ވެސްމެއެވެ.

ސްރީލަންކާގެ ނޫސްތަކުން ބުނީ އިލްޔާސް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

އޭނާ ނިޔާވިއިރު އޭނާގެ އުމުރުން 70 އަހަރެވެ.

އިލްޔާސްއަކީ ސްރީލަންކާގެ ކުރީގެ ޕާލަމަންޓް މެމްބަރެކެވެ. އޭރު އޭނާ ތަމްސީލުކުރެއްވީ ލަންކާގެ މުސްލިމުން ދިރިއުޅޭ ޖަފްނާގެ ދާއިރާއެކެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނީ އިލްޔާސް ނިޔާވިޔަސް އޭނާގެ ނަން ވޯޓު ކަރުދާހުން އުނި ނުކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން