ރަޝިޔާ އާއި ޔުކްރެއިން އާ ކުރަމުންދާ ހަނގުރާމައިގައި ޔުކްރެއިން އަށް އެހީވުމަށް އެމެރިކާއިން ހަތިޔާރު ދޭނެކަމަށް އިއުލާން ކޮށްފިއެވެ.
ޔޫކްރެއިންގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ދަށުން އަސްކަރީ އެހީގެ އިތުރު ޕެކޭޖެއް ފޮނުވަން ނިންމާފައިވާ ކަން އިއުލާން ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ބައިޑަން ވިދާޅުވީ ޔޫކްރެއިންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމެރިކާއިން އަސްކަރީ އެހީގެ އިތުރު ޕެކޭޖެއް ފޮނުވަން ފާސް ކޮށްފައިވާ ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިނާއި ޔޫކްރެއިންގެ ދިފާޢީ ވަޒީރު ރުސްތަމް އުމަރޮވް ވަނީ މަޝްވަރާ ކުރައްވާފައެވެ.
އޮސްޓިން ވިދާޅުވީ, އަަސްކަރީ އެހީގެ ޕެކޭޖުގެ އަގު 125 މިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމަށާއި އޭގެ ތެރޭގައި ވައިގެ ދިފާޢަށް ބޭނުންވާ މިސައިލާއި, ޑްރޯންތަކުން ދިފާޢުވާން ބޭނުންކުރާނެ ސާމާނާގެ އިތުރުން އަސްކަރީ އުޅަނދުފަހަރަށް ޙަމަލާ ދޭން ބޭނުން ކުރާނެ ހަތިޔާރު ހިމެނޭނެއެވެ.
ދެ ރައީސުންގެ މި ބައްދަލުކުރެއްވުމުގައި ބައިޑަން ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރު ކޮށްދިނުމުގައި އެމެރިކާއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން އެމެރިކާއިން ޔޫކްރެއިނަށް ފޮނުވާފައިވާ ހަތިޔާރުގެ އަގު 50 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަން ފާހަގަ ކުރެވެއެވެ.
އެމެރިކާގެ އެހީ ޔޫކްރެއިނަށް ފޮނުވާނެ ކަން އިއުލާނު ކޮށްފައި މި ވަނީ ރަޝިޔާގެ ރަށްތަކަށް އަރައިގަނެ ޔޫކްރެއިންގެ ސިފައިން ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޔޫކްރެއިންގެ ސިފައިން ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރާފައި ވަނީ އޮގަސްޓު ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު