ޝާން މުހައްމަދު   25 އޯގަސްޓު 2024 - 9:50
މީސްމީޑިޔާގެ މެސެޖު ކުރުމަށް ހާއްސަ މަގުބޫލު އެއް ޕްލެޓްފޯން 'ޓެލެގްރާމް'ގެ ސީއީއޯ ޕަވެލް ޑްރޯވް ހައްޔަރުކޮށްފިއެވެ.

ޕަވެލް ޑްރޯވް ހައްޔަރުކޮށްފައި ވަނީ ފްރާންސްގެ އެއާޕޯޓަކުން އިއްޔެގެ ވަގުތެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ފްރާންސާއި ރަޝިޔާގެ ރަށްވެހިކަން ވެސް އޮންނަ ބިލިއަނަރު ޕްރައިވެޓް ޖެޓެއްގައި ފްރާންސަށް ދިއުމާ އެކު ހައްޔަރުކުރީ ޓެލެގްރާމާ ގުޅޭ ގޮތުން ބަލަމުން ގެންދާ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށް، ބޭރުގެ މީޑިޔާއެއް ކަމަށްވާ އޭއެފްޕީއާ އިން ބުނެއެވެ.

މިއަދުގެ ވަގުތެއްގައި 39 އަހަރުގެ ޑްރޯވް ކޯޓަށް ހާޒިރުކުރާނެ ކަމަށްވެ އެވެ. ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފްރާންސްގެ އިދާރާއެއް ކަމަށްވާ "އޮފްމިން" އިން މީގެ ކުރިން ވަނީ މަކަރާއި ހީލަތާއި މަސްތުވާތަކެތި ޓްރެފިކިން އާއި ސައިބަ ބުލީން އަދި ރާވައިގެން ޖަރީމާތައް ހިންގުމާއި ޓެރަރިޒަމް ޕްރޮމޯޓްކުރުން ފަދަ މައްސަލަތަކުގެ ތަހުގީގަށް ޑްރޯވް ހައްޔަރުކުރުމަށް އަމުރު ނެރެފަ އެވެ.

އެކި ކަހަލަ ކުށުގެ އަމަލުތައް ހިންގުމަށް ޓެލެގްރާމް ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމުގައި ޑްރޯވް އިހުމާލުވެފައިވާ ކަމަށް ފްރާންސުން ތުހުމަތުކުރެއެވެ. އަދި މި މައްސަލައިގެ ތަހުގީގު ޓީމުގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ ޑްރޯވް އަކީ ފްރާންސުން ހައްޔަރުކުރަން ބޭނުންވާ މީހެއްކަން އެނގި ހުރެ އޭނާ އެ ގައުމަށް ދިއުމުން އެކަމާ "ހައިރާންވާ" ކަމަށް ބުނެފަ އެވެ.

ފްރާންސުން ބުނޫ ޖަރީމާތަކުގައި ޓެލެގްރާމް ބޭނުންކުރަމުން ދާއިރު އެ އެޕްގެ ފަރާތުން ޖަވާބުދާރީނުވާ ކަމަށާއި ހުރިހާ ކަމަކުން ރެކިގެން އެޕްގެ ވެރިންނަށް މިހާރު "ލައްކަ ދުވަހު އުޅެވިއްޖެ" ކަމަށެވެ. އަދި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ފްރާންސުން ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން