ޒުވާރި ފުށަކީ ހަންގަނޑު ރީތި ކޮށްދޭ އެއްޗެއް- ގޫގުލް އިމޭޖެސް
ޒުވާރި ފުށަކީ ހަންގަނޑު ރީތި ކޮށްދޭ އެއްޗެއް- ގޫގުލް އިމޭޖެސް
ކޯން ފްލާ ނުވަތަ ޒުވާރި ފުށަކީ އެކިކަހަލަ ކާއެއްޗެހި ތައްޔާރު ކުރުމަށް ބޭނުން ކުރާ އެއްޗެކެވެ. މިއީ ގިނަ ގޭބިސީތަކުގައި ގެންގުޅޭ އެއްޗަކަށްވީއިރު މިއީ މޫނުގެ ހަންގަނޑު ރީތި ކުރުމަށްވެސް އެހީވެދޭ އެއްޗެކެވެ. މޫނުގައި ޒުވާރިފުށް އުނގުޅުމުން މޫނުގައި ހުންނަ ބިހިތައް ނައްތާލަދީ އަދި މޫނު އޮމާންކޮށްދިނުމަށްވެސް އެހީވެއެވެ.

ތިރީގައި މި ހިމަނާލަނީ ހަންގަނޑު ރީތި ކުރުމަށްޓަކައި ޒުވާރި ފުށް ބޭނުން ކުރެވޭނެ ބައެއް ގޮތްތަކެވެ.

ކޯން ފްލާ ފޭސް ޕެކް:

ޒުވާރިފުށް ބޭނުން ކޮށްގެން ހަދާ ފޭސް ޕެކް އަކީ މޫނުގެ ހަންގަނޑު ރީތި ކުރުމަށް އެހީވެދޭ އެއްޗެކެވެ. މި ފޭސް ޕެކު ތައްޔާރު ކުރުމަށް ބޭނުންވާނީ ޒުވާރި ފުށް ސަމުސަލަކާއި، 2 ސަމުސާ ކިރާއި ލުނބޯ ހުތްކޮޅަކާއި އަދި މާމުއި ކޮޅެކެވެ. މާސްކު ތައްޔާރު ކުރުމަށްޓަކައި ބޯތައްޓަކަށް ޒުވާރި ފުށާއި، ކިރު ނުވަތަ ފެން އެޅުމަށްފަހު އޮލަ ޕޭސްޓުގަނޑަކަށް ވަންދެން އެއްކޮށްލާނީއެވެ. އެއަށްފަހު ލުނބޯ ހުތް ކޮޅަކާއި، މާމުއިކޮޅެއް އަޅާފައި ރަނގަޅަށް އެއްކޮށްލުމަށްފަހު މޫނުގައި އުނގުޅާލާނީއެވެ. އަދި 15-20 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ރަނގަޅަށް މޫނު ދޮވެލާނީއެވެ. މި މާސްކު ބޭނުން ކުރުމުން މޫނުގައި ހުންނަ ޖަރާސީމުތަކާއި ވިހަތަށް ނައްތާލަދީ، މޫނުގައި ހުންނަ ކަޅު ތަންތަން އަލި ކޮށްދިނުމަށް އެހީވެދެއެވެ. އަދި މޫނުމަތި ތާޒާކަން ގެނެސްދިނުމުގެ ސަބަބުން މީހާ އިތުރަށް ރީތި ވެގެންދެއެވެ.

އެކްސްފޮލިއޭޓު ސްކްރަބު:

ޒުވާރި ފުށަކީ މޫނުގެ ހަންގަނޑު އެކްސްފޮލިއޭޓު ކުރުމަށްވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން މޫނު އެކްސްފޮލިއޭޓު ކުރާ ސްކުރަބު ތައްޔާރު ކުރުމަށް ބޭނުންވާނީ އެއް ސަމުސާ ޒުވާރި ފުށާއި، އެއް ސަމުސާ ޔޯގަޓާއި، އަދި އެއް ސަމުސާ ހަކުރެވެ. ސްްކުރަބު ތައްޔާރު ކުރުމަށްޓަކައި މި ހުރިހާއެއްޗެއް ބޯތައްޓަކަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާނީއެވެ. އެއަށްފަހު ސްކުރަބު މޫނުގައި ރަނގަޅަށް އުނގުޅާލުމަށްފަހު މަޑުމަޑުން މޫނު މަސާޖު ކުރާނީއެވެ. އަދި 5-10 މިނެޓު ފަހުން ދޮވެލާނީއެވެ. މި ސްކުރަބު ބޭނުން ކުރުމުން މޫނުގައި ހުންނަ އޮށްވަޅުތަކުގައި ހުންނަ ތެޔޮ ސާފުކޮށްދީ، މޫނުގެ ހަންގަނޑު ރަނގަޅަށް ހައިޑްރޭޓު ކޮށްދެއެވެ. އަދި ހަމަ އެހެންމެ މޫނުގެ ހަންގަނޑު އޮމާކޮށްދޭނެއެވެ.

ޒުވާރި ފުށާއި ރީނދޫ މާސްކު:

ޒުވާރިފުށާއި ރީނދުލަކީ ހަންގަނޑަށް ވަރަށް ފައިދާހުރި ދެ މާއްދާއެކެވެ. އެހެންކަމުން މި ދެ މާއްދާ ބޭނުން ކޮށްގެން ތައްޔާރު ކުރާ ފޭސް މާސްކަކީ ހަންގަނޑަށް ވަރަށް ފައިދާހުރި ފޭސް މާސްކެކެވެ. މި މާސްކު ތައްޔާރު ކުރުމަށް ބޭނުންވާނީ އެއް ސަމުސާ ޒުވާރި ފުށާއި، ބައި ސަމުސާ ރީނދުލާއި، ޔޯގަޓުކޮޅެއް ނުވަތަ ކިރު ކޮޅެކެވެ. މި މާސްކު ތައްޔާރު ކުރުމަށްޓަކައި މި ބާވަތްތައް ބޯތައްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާނީއެެވެ. އަދި މާސްކު 10-15 މިނެޓު ވަންދެން މޫނުގައި އުނގުޅާފައި ބެހެއްޓުމަށްފަހު ރަނގަޅަށް ދޮވެލާނީއެވެ. ރީނދުލަކީ އިންފްލެމޭޓަރީ މާއްދާތައް އެކުލެވިގެންވާ އެއްޗެއް ކަމުން މި މާސްކު އުނގުޅުމުން މޫނުގައި ރަތްވެފައި ހުންނަ ތަަންތަން ފިލާނެއެވެ. އަދި މޫނުގެ ހަންގަނޑުގެ ކުލަ އަލިވެ، މޫނު ރީތިވާނެއެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ.ކޮމް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން