ބޮޓްސްވާނާއިން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޖަވާހިރު ހޯދައިފިއެވެ. މިއީ 2،492 ކެރެޓްގެ ބޮޑު ޖަވާހިރެކެވެ.
ކެނެޑާގެ މައިންކުރާ ކުންފުންޏަކުން ޖަވާހިރު ނެގުމުގެ ތެރޭގައި ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ޖަވާހިރު ފެނުނުކަން އިއުލާން ކޮށްފައިވަނީ އިއްޔެއެވެ. އެގޮތުން ލުކާރާ ޑައިމަންޑް ކޯޕަރޭޝަން ނަމަކަށް ކިޔާ މައިންކުރާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޖަވާހިރު ފެނިފައިވަނީ ބޮޓްސްވާނާގެ އިރުއުތުރުގެ ކަރޯވޭ ޑައިމަންޑް މައިނުން އެކްސްރޭ ޑިޓެކްޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ.
ލޫކާރާ އިން ހޯދި މި ޖަވާހިރު ވިއްކާނެ އަގެއް އަދި ހާމަކޮށްފައި ނުވާއިރުމި ޖަވާހިރަކީ 1905 ވަނަ އަހަރު ދެކުނު އެފްރިކާއިން ފެނުނު 3،016 ކެރެޓްގެ ކަލިނަން ޖަވާހިރާ އަޅައި ބަލާއިރު ކުޑަ ޖަވާހިރެކެވެ. ނަމަވެސް މީގެ އަގު ވަރަށް މަތި ވާނެ ކަމަށް ބެލެވެއެވެ.
ޖަވާހިރުގ މައިންކުރާ ތަޖުރިބާކާރު ކުންފުނި ލުކާރާގެ ރައީސް ވިލިއަމް ލެމްބް ބުނީ އޭނާގެ ކުންފުންޏަށް މިފަހަރު ހޯދުނު ޖަވާހިރު ފެނުމުން ވަރަށް އުފާވާކަމަށެވެ. އަދި މި ހޯދުމަކީ މިހާތަނަށް ހޯދި އެންމެ ބޮޑު ޖަވާހިރުތަކުގެ ތެރެއިން އެއް ޖަވާހިރުވކަމަށާއި، މިއީ 2017 ވަނަ އަހަރު ބޭނުންކުރަންފެށި އެ ކުންފުނީގެ މެގަ ޑައިމަންޑް ރިކަވަރީ އެކްސްރޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޮޑެތި، އަގުބޮޑު ޖަވާހިރުތައް ދެނެގަތުމަށް ހިންގި މަސައްކަތުން ފެނުނު ޖަވާހިރެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި މި ޖަވާހިރު އިންސާނެއްގެ އަތްތިލަ އާއި އެއްވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު