މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނާ އާ ދެކޮޅަށް ބަޣާވާތަކަށް ހިތްވަރު ދިނުމުގެ ދަޢުވާ އުފުލައިފިއެވެ.
މެލޭޝިޔާގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނާ ދެކޮޅަށް ބަޣާވާތަކަށް ހިތްވަރު ދިނުމުގެ ދަޢުވާ އުފުލި އިރު އޭނާގެ ޤާނޫނީ ވަކީލު ބުނީ, އޭނާއާ ދެކޮޅަށް ދަޢުވާ އުފުލާފައި ވަނީ މެލޭޝިޔާގެ ކުރީގެ ރަސްގެފާން އަލް-ސުލްޠާން ޢަބްދުالله އަޙްމަދު ޝާޙާ ދެކޮޅަށް ދެއްކެވި ވާހަކައަކާ ގުޅުވައިގެން ކަމުގައެވެ.
މުޙްޔިއްދީނާ ދެކޮޅަށް ދަޢުވާ އުފުލާފައި ވަނީ މެލޭޝިޔާގެ އިރުއުތުރު ކެލަންތަން ސްޓޭޓްގެ ކޯޓެއްގައެވެ. އޭނާ އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައި ވަނީ 2020ން 2021އަށް, 17 މަސްދުވަހުގެ މުއްދަތަކަށެވެ.
ބަޣާވާތަކަށް ހިތްވަރު ދިނުމުގެ ޢަމަލެއްގެ ގޮތުގައި ބަލައި މުޙްޔިއްދީނާ ދެކޮޅަށް ދަޢުވާ އުފުލާފައި ވީ ނަމަވެސް, މުޙްޔިއްދީން ވަނީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ދަޢުވާއަށް އިންކާރު ކުރައްވާފައެވެ.
މެލޭޝިޔާގައި ޢަމަލު ކުރަމުންދާ ސެޑިޝަން ޤާނޫނުގެ ދަށުން, އެ ޤައުމުގެ ރަސްކަމާ ދެކޮޅަށް އަޑު އުފުލައި, ބަދުބަސް ރައްދު ކުރުމަކީ ޤާނޫނީ ކުށެކެވެ. ނަމަވެސް, އޮގަސްޓު 15 ވަނަ ދުވަހު ބޭއްވި ސިޔާސީ އެއްވުމެއްގައި ކުރީގެ ރަސްގެފާނު އަލް-ސުލްޠާން ޢަބްދުاللهއަށް މުޙްޔިއްދީން ފާޑު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު