މިދިޔަ އަހަރު ސްވީޑެންގައި ކީރިތި ޤުރުއާނު މުސްޙަފުތަކެއް އަންދާލި ދެ މީހެއްގެ މައްޗަށް ޝަރީއަތް ހިންގަން ނިންމާފައިވާ ކަމަށް އެގައުމުގެ ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

މުސްޙަފް އަންދާލި މައްސަލައިގައި މިދިޔަ އަހަރު ސްވީޑެންގައި ވަރުގަދަ މުޒާހަރާތައްވެސް ވަނީ ކޮށްފައެވެ. އެގައުމުގެ އެކި ތަންތަނުގައި ދެ ދެމީހަކު ވެގެން ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލާފައިވާއިރު މި ދެމީހުންގެ މައްސަލަ ބަލާނެ ކަމަށް ސްވީޑެންގެ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ސްވީޑެންގައި ޤުރުއާން އެންދި ހާދިސާއާއި ގުޅިގެން އެގައުމުގެ މުޒާހަރާތައްކޮށް ގައުމުގެ މަސްރަހު ހޫނުވެ ސްވީޑެންގެ އެތެރޭގެ ސަލާމަތީ ޚިދުމަތުން އެގައުމުގައި ނިރުބަރަވެރިކަމުގެ ސަމާލުގެ މިންވަރު މައްޗަށްވެސް ޖެއްސިއެވެ.

ސަލްވާން މޮމިކާ އާއި ސަލްވާން ނަޖޭމް ނަމަކަށް ކިޔާ ދެ ފިރިހެނުން ވެގެން ސްވީޑެން ގައި ހިންގި މި ފިނޑި އަމަލުގެ ޝަރީއަތުގައި އެމީހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

އެމީހުން އެކަން ކުރިކަން ހާމަވާވަރަށް ހެކި ހުރިކަމަށް މި މައްސަލަގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރާ ވަކީލު، އާނާ ހަންކިއޯ ފާހަގަކުރިއެވެ. އެގޮތުން ހަންކިއޯ ބުނީ އެ ދެމީހުންނާ ދެކޮޅަށް ހެކިތައް ގިނައިން ހުރީ ވީޑިއޯ ރެކޯޑިންގެ ގޮތުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން