ފާއިތުވި ހަތް މަސް ތެރޭ ރާއްޖެއިން ބޭރަށް ފޮނުވި މުދަލުގެ އަދަދު އަށެއް އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން އާންމުކުރި ތަފާސް ހިސާބުތަކުން ހާމަވާ ގޮތުން ހަތް މަސް ތެރޭ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކޮށްފައި ވަނީ 237 މިލިއަން ޑޮލަރުގެ މުދަލެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 257 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކުރި އެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ޑޮމެސްޓިކް އެކްސްޕޯޓުގެ އަދަދު ވަނީ 44 އިންސައްތަ ދަށަށް ގޮސްފަ އެވެ. މިދިޔަ ހަތް މަހު ޑޮމެސްޓިކް އެކްސްޕޯޓުގެ ގޮތުގައި 61 މިލިއަން ޑޮލަރުގެ މުދާ ބޭރަށް ފޮނުވާފައިވެ އެވެ. މިދިޔަ އަހަރުގެ ހަތް މަހު އެ އަދަދު ހުރީ 110 މިލިއަން ޑޮލަރުގަ އެވެ.
ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވާ މަހުގެ ބާވަތްތަކުގެ އަދަދު 46 އިންސައްތަ ދަށަށް ގޮސްފައިވާކަމަށްވެސް މި ތަފާސް ހިސާބުތަކުން ދައްކައެވެ. ހަތް މަސްތެރޭ މަހުގެ ބާވަތްތައް އެކްސްޕޯޓުކޮށްގެން ލިބުނީ 55 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 103 މިލިއަން ޑޮލަރުގަ އެވެ.
އެކްސްޕޯޓު ކުރާ ބާވަތްތަކުގެ އާމްދަނީއަށް ހަމައެކަނި އިތުރުވީ ރީއެކްސްޕޯޓެވެ. ރީ އެކްސްޕޯޓު ކުރި އަދަދު ވަނީ 19 އިންސައްތަ އިތުރުވެފަ އެވެ. ރީއެކްސްޕޯޓުކޮށްގެން 175 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެކްސްޕޯޓް އެހާ ބޮޑަށް ދަށަށް ދިޔަ އިރު އިމްޕޯޓްކުރި އަދަދު ވަނީ ހަތަރު އިންސައްތަ އިތުރުވެފަ އެވެ. ހަތް މަސްތެރޭ ދެ ބިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު