ފަލަސްތީނަށް އެހީވުމަށް ހުންނަ ޕޯސްޓުތައް ހުއްޓުވަން އިސްރާއީލުން ގޫގުލް އިޝްތިހާރުތައް ގަންނަމުންދާކަމަށް އދ އިން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އެކުލަވާލާފައިވާ ހާއްސަ އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) ގެ ކޮމިޝަނަރު ތުހުމަތުކޮށްފިއެވެ.

ފަލަސްތީނަށް އެހީވުމަށް ހިލޭ އެހީދޭ ޖަމާއަތްތަކުންނާއި އެކި އެޖެންސީތަކުން މީސް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ފަންޑު ހޯދުމުގެ ކެމްޕެއިންތައް ކުރަމުންދާއިރު އެޑް ތައްވެސް މިކަމަށް ހުރެއެވެ. އަދި މި އެޑްތައް ބަލާފައި ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ކޮންމެ މީހަކަށްވެސް ފަލަސްތީނަށް އެހީވުމަށް ފައިސާ ފޮނުވޭނެއެވެ. އިސްރާއީލުން މިހާރު ދަނީ މިފަދަ އެޑްތައް ގަނެ އަދި އެހީހޯދާ ޖަމިއްޔާތަކާމެދު މީހުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރަމުންނެވެ.

ޔޫއެންއާރުޑަބްލިއުއޭގެ ކޮމިޝަނަރު ޖެނެރަލް ފިލިޕް ލަޒާރީނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިފަދައިން ވިދާޅުވެފައިވާއިރު އޭނާ ބުނީ އިސްރާއީލުން ދަނީ އެ އިދާރާގެ އަބުރު ބަދުނާމު ކުރަން މަސައްކަތް ކުރަމުން ކަމަށާއި އެ އެޖެންސީގެ މުވައްޒަފުންގެ ފުރާނަ ވެސް ނުރައްކާވާ ގޮތަށް އިސްރާއީލުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ވަނީ 1949 ވަނަ އަހަރުން ފެށިގެން އެގައުމުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދީ، އެހެން ގައުމުތަކުގައި ތިބި ފަލަސްތީނުގެ ރެފިއުޖީންނަށް ހިދުމަތް ފޯރުކޮށްދޭ މައިގަނޑު ޖަމިއްޔާ ޔޫއެންއާރުޑަބްލިއުއޭއާ ދެކޮޅަށް އެތައް ކެމްޕޭނެއް ކޮށްފައެވެ. އަދި އެ ޖަމިއްޔާ އަކީ “ޓެރަރިސްޓުންނާ" ގުޅުން އޮންނަ ޖަމިއްޔާ އެއް ކަމަށް ބުނެ، އެ ޖަމިއްޔާ ބަންދު ކުރުމަށް އިސްރާއީލުން ލޮބީކޮށްފައިވާކަންވެސް ފާހަގަ ކުރެވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން