ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް ނުދާނަމަ އިސްރާއީލުގެ އަސީރުން އަނބުރާ ގައުމަށް ގެންދަން ޖެހޭނީ ސަންދޯކުގައި ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.
ނިރުބަވެރި އިސްރާއީލުން ފަލަސްތީނަށް އަރައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމާނެދު އަދިވެސް ހަރުދަނާ އެއްބަސްވުމަކަށް ދާން އިޒްރާއިލުން އެއްބަސްނުވާ މައްސަލައިގައި ހަމާސް ޖަމާއަތުން ބުނީ އެއްބަސްވުމަކަށް ނުދާނަމަ ހަމާސް އިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން އަނބުރާ ގައުމަށް ގެންދަން ޖެހޭނީ ސަންދޯކުގައި ކަމަށެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިފަދައިން ބުނެފައިވާއިރު ދާދިފަހުންވެސް އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ހަ މީހަކު ވަނީ މަރާލައި އެގައުމާ ހަވާލުކޮށްފައެވެ. އެއާއެކު އިސްރާއީލުގެ ރައްޔިތުން އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފަށާފައިވާއިރު ކުރިޔަށް އޮތް ތަނުގައިވެސް ކަންތައް ވާނީ މި މޭރުމުން ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން އިޒްރޭލުގެ އަސީރުން ސަލާމަތް ކުރަން އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ ވިދާޅުވެފަ އެވެ.
ބައިޑެން މިހެން ވިދާޅުވީ ހަމާސްގެ އަތްދަށުގައިވާ އިޒްރޭލުގެ އަސީރުންގެ ތެރެއިން ހަ މީހެއްގެ މަރުވެފައިވާ ހަށިތައް ފެނިފައިވާ ދަނޑިވަޅެއްގަ އެވެ. ބައިޑެން ވަނީ އެފަފަ އެއްބަސްވުމަކާއި ހަމައަށް ދިއުމަށް ކުރާ މަސައްކަތް އެމެރިކާ އިން ހުއްޓާ ނުލާނެ ކަމަށާއި އެކަމަށް ވީ އެންމެ ބޮޑަކަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަސީރުންގެ މަރާ ގުޅިގެން ހަމާސް އިން ވަނީ އަސީރުން މަރުވުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ނަތަންޔާހޫ ކަމަށް ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު