އިނގިރޭސިވިލާތުން ނިރުބަވެރި އިސްރާއީލަށް ހަތިޔާރު ފޮނުވުމުގެ ހުއްދަތައް ބާތިލުކުރަން ފަށައިފިއެވެ.

އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ 350 ލައިސަންސްގެ ތެރެއިން 30 ލައިސަންސް އިނގިރޭސިވިލާތުން ސަސްޕެންޑްކޮށްފައިވާއިރު އިސްރާއީލުން އިނގިރޭސިވިލާތުގެ ހަތިޔާރު ނަހަމަގޮތުގައި ބޭނުން ކުރާކަމަށް ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުން ހޯމަ ދުވަހު ބުނީ އިސްރާއީލާ އެކު ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ދިހަވަރަކަށް ލައިސަންސް ވަގުތުން ސަސްޕެންޑް ކުރާނެ ކަމަށާއި އެއީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ބޮޑެތި ޚިލާފުތަކެއް ހިންގުމަށް އެ ސާމާނު ބޭނުން ކުރުމުގެ ނުރައްކާ އޮތުމުން ކަމަށް އެގައުމުން ބުނެއެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ ވިދާޅުވީ 350 ހަތިޔާރުގެ ލައިސަންސްގެ ތެރެއިން 30 ލައިސަންސް ސަސްޕެންޑް ކުރަން ނިންމުމަކީ ބްލެންކެޓް މަނާކުރުމެއް ނުވަތަ ހަތިޔާރު މަނާކުރުމެއް ނޫން ކަމަށާއި އެއީ ހަމައެކަނި ޣައްޒާގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ބޭނުންކުރުމާ ގުޅޭ ކަންބޮޑުވުން ހުރި ތަކެތި ކަމަށެވެ.

"ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް އިސްރާއީލުގެ އަމިއްލަ ދިފާއުގެ ހައްގަށް އިނގިރޭސިވިލާތުން ތާއީދު ކުރަމުން އެބަދޭ،" ބައެއް ލައިސެންސް ބާތިލުކުރިކަމުގައި ވިޔަސް އިސްރާއީލަށް އެހީތެރިވާނެކަން ހާމަކުރަމުން އިނގިރޭސި ފޮރިން ސެކްރެޓަރީ ވިދާޅުވި އެވެ.

ޖުލައި މަހު ބޭއްވި އިންތިހާބުގައި ލޭބަރ ޕާޓީން ކާމިޔާބު ކުރިތާ މާގިނަ ދުވަހެއް ނުވެ ލަމީ ވިދާޅުވީ އިސްރާއީލަށް ހަތިޔާރު ވިއްކުމާ ބެހޭ ރިވިއުއެއް އަޕްޑޭޓް ކުރައްވާނެ ކަމަށާއި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާ އެއްޗެއްކަން ޔަގީން ކުރައްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން