ޕޯލިއޯ ހުއްޓުވުމަށް ކުރާ މަސައްކަތުގައި ފަލަސްތީނުގެ ޣައްޒާގެ 187،000 ކުދިންނަށް ވެކްސިން ދީފިއެވެ.
ޕޯލިއޯ ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޣައްޒާގެ 187،000 ކުދިންނަށް ވެކްސިން ދީފައިވާއިރު މިހާރު އެ ކުދިންނަށް ދީފައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް އެވެ. އޮގަސްޓް 31 ވަނަ ދުވަހު ޣައްޒާގައި ޕޯލިއޯ ވެކްސިން ދޭން ފަށާފައި ވަނީ ޣައްޒާގެ ދެކުނުގައި ހުންނަ ހާން ޔޫނިސްގެ ނާސިރް ހޮސްޕިޓަލްގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޣައްޒާގެ މެދުތެރޭގައި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕެއިންގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިންމައިފައެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެ ސަރަހައްދުގެ 156،000 ކުދިންނަށް ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އަމާޒަށް ވުރެ އިތުރު މަސައްކަތެއް ކަމަށެވެ. ހުރިހާ ކުދިންނަށްވެސް ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މެޑިކަލް ޓީމުތަކުން ޣައްޒާގެ މެދުތެރޭގެ ހަތަރު ސަރަހައްދެއްގައި އިތުރު ތިން ދުވަސް ވަންދެން ވެކްސިން ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެކްސިން ކެމްޕޭން މިހާރު ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ދާއިރު އދ.ގެ ކަމާއި ބެހޭ ފަރާތްތަކުން އިސްވެ ކުރިއަށް ގެންދާ މި ކެމްޕޭނު ކުރިއަށް ގެންދިއުމަށް ނިރުބަވެރި އިސްރާއީލުން ތިން ދުވަހަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވިއެވެ. އެގޮތުން އިސްރާއީލުން ހަނގުރާމަ މެދުކަނޑާލަން ނިންމާފައިވަނީ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ހެނދުނު 6:00 އިން ހަވީރު 3:00 އަށެވެ.
އެންމެ ފަހުން ޣައްޒާގައި ޕޯލިއޯ ވެކްސިން ދީފައި ވަނީ މީގެ 25 އަހަރު ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު