އިސްރާއިލުގެ ޓެރިސްޓު ދައުލަތުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާއެކު ޣައްޒާ ސުންނާފަތިވެފައިވާ އިރު ވެސް ޓެންޓު ޖަހައިގެން ކިޔަވައިދެމުންދާ ޓީޗަރަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

އިސްރާއިލުން ޣައްޒާގައި ގަތުލު އާންމު ހިންގަމުންދާތީ މިއަންނަ އޮކްޓޫބަރު މަހަށް އެއް އަހަރު ފުރޭނެ އެެވެ.

އެހެން ނަމަވެސް ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓާލުުމުގެ ނިޝާނެއް އަދިވެސް ނުފެެނެ އެވެ.

މިގަތުލު އާންމު ފެށިފަހުން ޣައްޒާގައި ހަ ލައްކައަށް ވުރެ ގިނަ ދަރިވަރުންގެ ރަސްމީ ކިޔެވުން ވަނީ ހުއްޓިފަ އެވެ. އަދި ސްކޫލުތައް ބޮޑަށް ބޭނުންކުރަމުން ދަނީ ބޯހިޔާވަހިކަން ހޯދުމަށެވެ.

އެހެން ނަމަވެސް ޣައްޒާގެ ޓީޗަރެއް ކަމަށްވާ އިސްރާ އަބޫ މުސްތަފާ ދަނީ ކިޔަވައިދިނުން ހުއްޓާ ނުލާ ކުރިއަށް ގެންދަމުން ނެވެ.

އެގޮތުން އިސްރާ ދިރުއުޅޭ ހަތަރު ބުރީގެ ގެ އިސްރާއިލުން ބޮން އަޅާ ބިމާ ހަމަކޮށްލުމުން އެ ތަނުގެ މަތީގައި ޓެންޓެއް ޖަަހައިގެން ދަނީ ކިޔަވައި ދެމުން ނެވެ.

އިސްރާ ބުނީ ފުރަތަމަ އެގޮތަށް ޓެންޓް ޖަހައިގެން ކިޔަވައިދޭން ފެށީ 30 އަަކަށް ކުދިންނާއެކު ކަމަށާއި އަދި މިހާރު 70 ވަރަކަށް ކުދިންނަށް ކިޔަވައިދެމުންދާ ކަމަށެވެ.

ނަމަވެސް ވަސީލަތްތައް މަދުކަމުން އިސްރާ ކިޔަވައިދެމުން ދަނީ ބޮޑަށް ދީނީ ކަންކަމާއި އަދި ބިރުވެރިކަމުގެ ތެރޭގައި ވެސް ކުދިން ހާސްކަމުން ދުރުކޮށް ކަންކަމުގައި ޝާމިލުވުމާ ގުޅޭ ކަންކަން ކަމަށް އޭނާ ބުނެއެވެ.

ޣައްޒާގެ ގަތުލު އާންމު ފެށުމުގެ ކުރިން އެ ސަރަަހައްދުގައި ދަރިވަރުން ވަރަށް ރަނގަޅަށް ދިޔައީ ކިޔަވަމުން ނެވެ. އެކުދިން ކިޔަވަމުން އައީ ބައިނަލްއަގުވާމީ ފެންވަރުގެ ކަރިކިއުލަމް ތަކަށެވެ. އަދި ކޮންމެ އަހަރަކުވެސް ސައިންސްއާއި އެކި ރޮނގުތަކުން އެތައް ހާސް ދަރިވަރުންނެއް ޣައްޒާގައި ގްރެޖުއޭޓްވަމުން ދިޔަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން