ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް ޓްރެފިކް ގަވާއިދުތަކާއި ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރަށްވާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ޓްރެފިކް ގަވާއިދުތަކާއި، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މިފަދައިން ވަޒީރު ވިދާޅުވީ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާގުޅިގެން މީސް މީޑިޔާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވަނީ މި ހާދިސާގައި ނިޔާވި ޒުވާނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައެވެ. 

ރައީސްގެ ދެއްވި އިރުޝާދާ އެއްގޮތަށް މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކާ ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒީ އިދާރާތަކާގުޅިގެން އަޅުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.



މި ޕޯސްޓުގައި ވަޒީރު ވަނީ މަގުތަކަކީ އެންމެނަށް ރައްކާތެރި އަމާންތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރެއްވުމަށް އާންމުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ. 


މި ހާދިސާއާ ގުޅިގެން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން