އައިސް ކިއުބު ބޭނުން ކުރުމުން މޫނުގެ ހަންގަނޑު ރީތިވޭ- ގޫގުލް އިމޭޖެސް
އައިސް ކިއުބު ބޭނުން ކުރުމުން މޫނުގެ ހަންގަނޑު ރީތިވޭ- ގޫގުލް އިމޭޖެސް
އައިސް ފެނާއި އައިސް ކިއުބަކީވެސް މީހާގެ ހަންގަނޑަށް ވަރަށް ފައިދާހުރި އެއްޗިއްސެވެ. މޫނުގައި އައިސް އުނގުޅުމުން މޫނުގައި ލޭދައުރުވުން ރަނގަޅު ކޮށްދީ މީހާގެ ހަންގަނޑު އޮމާންކޮށް، ތާޒާކޮށްދެއެވެ.

އައިސް ފޭޝަލް އަކީ ސޯޝަލް މީޑިއާގައި ވަރަށް އާންމު ވަމުން އަންނަ އެއްޗަކަށްވީއިރު މިއީ ޓިކްޓޮކް އާއި އިންސްޓަގްރާމު ފަދަ ތަންތަނުގައި މިހާރު ވަރަށް ގިނަ މީހުން ޕްރޮމޯޓު ކުރަމުންދާ ކަމެކެވެ.

އައިސް ފޭޝަލް ހަދާނެ ގޮތް:

ބޮޑު ބޯތައްޓެއްގެ ތެރެއަށް އައިސް ފެން އެޅުމަށްފަހު އޭގެ ތެރެއަށް ކޮންމެވެސް ވަރަކަށް އައިސް ކިއުބުވެސް އަޅާލާނީއެވެ.

އެއަށްފަހު އެ ފެން ތަށި ތެރެއަށް މޫނު ލުމަށްފަހު ފަސް ސިކުންތު މަޑުކޮށްލުމަށްފަހު މޫނު ނަގާނީއެވެ. އަދި ކޮންމެ ދުވަހަކުވެސް 10 މިނެޓު ވަންދެން މި ކަން ތަކުރާރު ކުރާނީއެވެ.

އެއަށްފަހު ފޮތިކޮޅަކުން މަޑުމަޑުން މޫނުގައި ހުރި ފެން ފޮހެލާނީއެވެ.

އަދި ޖޭޑް ރޯލާއެއް އޮތް ނަމަ މޫނުގެ ހަންގަނޑު އެއިން މަސާޖު ކޮށްލާނީއެވެ.

އައިސް ފޭޝަލް ހެދުމުން ލިބޭ ފައިދާތައް:

މި ފޭޝަލް ހެދުމުން މޫނުގައި ލޭދައުރުވާ ގޮތް ރަނގަޅު ކޮށްދީ މޫނުގައި ހުންނަ އޮތްވަޅުތައް ކުޑަކޮށްދޭނެއެވެ. އަދި މޫނުގައި ހުންނަ ތެޔޮކަން ރަނގަޅުކޮށްދީ، މޫނުގެ ހަންގަނޑު އޮމާންކޮށްދެއެވެ. އަދި ހަމަ އެހެންމެ ލޯކައިރި ކަޅުވުމުން ދުރުކޮށްދީ މީހާގެ މޫނު ތާޒާ ކޮށްދެއެވެ.

މި ފޭޝަލް އަކީ މޫނުގެ ހަންގަނޑަށް ވަރަށް ފައިދާހުރި ފޭޝަލް އަކަށް ވީނަމަވެސް މިއީ ސައިނަސް ހުންނަ މީހުން ކުރުން އެހާ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ މި ފޭޝަލް ހަދާނަމަ ސައިނަސް ހުންނަ މީހުންނަށް އަރިދަފުސް ރޯގާ ޖެހުމުގެ ފުރުސަތު ބޮޑުވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން