ގޭގައި ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ ކޮރެއަން ރައިސް ޖެލް- ގޫގުލް އިމޭޖެސް
ގޭގައި ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ ކޮރެއަން ރައިސް ޖެލް- ގޫގުލް އިމޭޖެސް
އުމުރުން ދުވަސްވާވަރަކަށް އަޅުގަނޑުމެންގެ ހަންގަނޑު އަނަރޫފަވެ ރޫޖެހޭ ގޮތް ވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އަދި އެއީ ޠަބީޢީ ކަމެއްވެސް މެއެވެ. ނަމަވެސް މި މައްސަލައަކީ ބައެއް ހާލަތްތަކުގައި ޒުވާން އުމުރުފުރައިގެ މީހުންނަށްވެސް ދިމާވެދާނެ މައްސަލައެކެވެ. ހަންގަނޑު ޒުވާންކޮށް ރީތިކޮށް ބެހެއްޓުމަކީ އަޅުގަނޑުމެން އެންމެންވެސް ބޭނުންވާ ކަމެކެވެ.

އެގޮތުން މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކޮރެއަން ރައިސް ޖެލް އެވެ. މިއީ އަޅުގަނޑުމެންނަށް ގޭގައި ފަސޭހަކަމާއެކު ތައްޔާރު ކުރެވޭ އެއްޗަކަށްވީއިރު، މި ބޭނުން ކުރުމުން ހަންގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ. އެގޮތުން މި ޖެލް ބޭނުން ކުރުމުން ހަންގަނޑު ހައިޑްރޭޓުކޮށް، ހަންގަނޑުގައި ހުންނަ ރޫތައް ފިލުވުމަށް އެހީވެދެއެވެ. އަދި އޭގެ ސަބަބުން މީހާގެ ހަންގަނޑު ޒުވާންކަމަށް ދައްކައި މޫނުމަތި ރީތިވެއެވެ.

ކޮރެއަން ރައިސް ޖެލް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

1 ޖޯޑު ހަނޑޫ

2 ޖޯޑު ފެން

1 ސަމުސާ އެލޮވީރާ ޖެލް

1 ސަމުސާ ގްލިސެރިން

1 ސަމުސާ މާމުއި

1 ސަމުސާ ވިޓަމިން އީ ތެޔޮ

1 ސަމުސާ ފިނިފެން

ތައްޔާރު ކުރާނެ ގޮތް:

⁃ އެންމެ ފުރަތަމަ ހަނޑޫކޮޅު ފިނި ފެނުން ރަނގަޅަށް ދޮވެލާނީއެވެ. ހަނޑޫ ރަނގަޅަށް ދޮވެލަނީ އޭގައި ހުންނަ ބޭކާރު މާއްދާތަކާއި އެއްވެސް ކަހަލަ ނަޖިހެއް ވާނަމަ އެތަކެތި ނައްތާލުމަށެވެ.

⁃ ހަނޑޫ ރަނގަޅަށް ދޮވެލުމަށްފަހު ބޮޑު ބޯތައްޓަކަށް ހަނޑޫތައް އަޅާނީއެވެ. އަދި އޭގެ ތެރެއަށް ދެ ޖޯޑު ފެން އެޅުމަށްފަހު މަތި ޖަހާފައި 30 މިނެޓުވަންދެން ބަހައްޓާނީއެވެ. މިހެން ހެދުމުން ހަނޑޫ ފުއްތަކުގެ ތެރެއަށް ފެން ވަދެ އެ މަޑުވާނެއެވެ. އަދި އޭގައި ހުންނަ ހަށިގަނޑަށް ފައިދާހުރި މާއްދާތައްވެސް ބޭރުވާނެއެވެ.

⁃ 30 މިނެޓުވުމުން ފޯވެފައިހުރި ހަނޑުލާއި ފެން ތެއްޔަކަށް އެޅުމަށްފަހު ރަނގަޅަށް ފެން ހިނދެންދެން ކައްކާލާނީއެވެ.

⁃ އެއަށްފަހު ކައްކާފައި ހުރި ހަނޑޫ ކުޑަކޮށް ހިހޫވެލުމުން މިކްސަރަކަށް އަޅައި ޕޭސްޓަކަށް ވަންދެން ހިމުން ކޮށްލާނީއެވެ. އަދި މިކްސް ކުރާ ގަޑީގައި އިތުރަށް ފެން އަޅަން ޖެހިއްޖެނަމަ އަޅާނީއެވެ.

⁃ އެއަށްފަހު މުގުރާފައި ހުރި ހަނޑޫ ފުރާނާނީއެވެ. މިހެން ހެދުމުން ޕޭސްޓުގައި ހުންނަ ބޮޑެތި ހަނޑޫ ފުއްތައް ވަކިވާނެއެވެ.

⁃ އެއަށްފަހު ހަނޑޫ ޕޭސްޓުގެ ތެރެއަށް އެލޮވީރާ ޖެލް އާއި ގްލިސެރިން އަޅާލުމަށްފަހު އެއްކޮށްލާނީއެވެ. އެލޮވީރާއާއި ގްލިސެރިން އަކީ ހަންގަނޑު ހައިޑްރޭޓު ކޮށްދިނުމަށް އެހީވެދޭ މާއްދާތަކެވެ.

⁃ އެއަށްފަހު މާމުއި އާއި ވިޓަމިން އީ އަޅާލުމަށްފަހު އެއްކޮށްލާނީއެވެ. މި ދެމާއްދާއަކީވެސް ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓު ހިމެނޭ މާއްދާތަކެއް ކަމުން، މިއީ ހަންގަނޑު މަރާމާތުކޮށްދީ ޒުވާންކަންމަަތީ ބަހައްޓައިދޭ މާއްދާތެކެވެ.

⁃ އެއަށްފަހު ފިނިފެން އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާނީއެވެ. ފިނިފެނަކީ އިންފްލެމޭޓަރީ ޕްރޮޕަޓީތައް އެކުލެވޭ އެއްޗެއްކަމުން، ހަންގަނޑު ދުޅަވުމުން ދުރުކޮށްދޭނެއެވެ.

މި ޖެލް ތައްޔާރު ކުރުމަށްފަހު މަތިޖެހި އެއްޗަކަށް އަޅާފައި ފްރިޖުގައި ބެހެއްޓޭނެއެވެ. އަދި ކޮންމެ ދުވަހަކުވެސް މިއިން އެތިކޮޅެއް މޫނުގައި އާއި ކަރުގައި އުނގުޅާލުމަށްފަހު ރަނގަޅަށް މަސާޖުކުރުމުން މޫނުގެ ހަންގަނޑު ރީތިވެ، މޫނުމަތި ތާޒާކަމަށް ދައްކައި މީހާ ޒުވާންކަމަށް ދައްކާނެއެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން