އިނގިރޭސިވިލާތުގެ ޖަލުތައް ފުރި ޔޫރަޕްގެ ގައުމެއް ކަމަށްވާ އެސްޓޯނިއާއަށް ކުށްވެރިން ފޮނުވުމާމެދު ވިސްނަން ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން ރިޕޯޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ސަރުކާރުން އެ ނިންމުމާމެދު ސީރިއަސްކޮށް ވިސްނަމުންދާ ކަމަށެވެ. އެއީ ޖަލުތައް ފުރި އެ ނޫން ގޮތެއް ނެތުމުގެ ސަބަބުން ކަމަށް ބުނެއެވެ.

އިނގިރޭސިވިލާތުގެ ޖަލުތަކުގެ އާބާދީ މިހާރުވެސް އުޅެނީ 90،000 ކައިރީގަ އެވެ.

އަދި 2027 ވަނަ އަހަރު އަންނައިރު އެ އަދަދު 106،300 އަށް އަރާނެ ކަަމަށް ވަނީ ބެލެވިފަ އެވެ.

އެސްޓޯނިއާއަކީ ވަރަށް ކުށް މަދު ގައުމެކެވެ. އަދި ޖަލުތަކުގެ 50 ޕަސެންޓް އޮންނަނީ ހުހަށެެވެ. އެހެންވެ އެ ގައުމުން ވަނީ އެހެން ގައުމުތަކުގެ ކުށްވެރިން ބައިތިއްބައިގެން އަހަރަކު 33 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކޮށް އެ ފުރުސަތު އެހެން ގައުމުތަކަށް ހުޅުވާލަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

އިނގިރޭސިވިލާތުން ކުށްވެރިއަކަށް އަހަރަކަށް 50،000 ބްރިޓިޝް ޕައުންޑް ހޭދަކުރަން ޖެހޭއިރު އެސްޓޯނިއާގައި ހޭދަކުރަން ޖެހޭނީ ގިނަވެގެން 20،000 ޕައުންޑެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން