ރިސޯޓުތަކުން ކުނި ނަގައިގެން 70 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެމްކޯއިން ލަފާކޮށްފި އެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ ރާއްޖޭގައި 172 ވަރަކަށް ރިސޯޓް އޮޕަރޭޓްކުރަމުންދާ އިރު ތިލަފުއްޓަށް އަންނަނީ އެކަށީގެންވާ އަދަދެއްގެ ކުނި ނޫން ކަމަށެވެ.
އަދި އެ ކުނިތައް އެހެން ތަންތަނަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހިތަނަކަށް ހެދުމަށްޓަކައި ފަތުުރުވެރިކަމުގެ ނިޒާމުން އުފެދޭ ކުންޏަށް ވަކި ގޮތެއް ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ބައެއް ރިސޯޓްތަކުން ކުނި ނަގައިގެން ސީދާ ތިލަފުއްޓަން ނޫނީ ރީޖަނަލް ފެސިލިޓީޒް ތަކަށް ގެންދާ ކަމަށެވެ.
އެގޮތުން ރ، އަތޮޅުގެ ރިސޯޓްތަކުން ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން މިހާރުވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަ އެހެންމެ ސީދާ ވެމްކޯއިން ގޮސް ކުނިނަގައިގެން ތިލަފުއްޓަން ގެންދިއުމަށް އެހެން ރިސޯޓްތަކާއެކު ވެސް މި ހަފްތާގެ ތެރޭގައި ސޮއިކުރެވޭނެ ކަަމަށް މުޖުތަބާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރުގެ މެދުތެރެއަށް އަންނައިރު ރާއްޖޭގައި ހުރި ރިސޯޓްތަަކުގެ ތެރެއިން 50 ޕަސެންޓަށް ޓާގެޓް ގެންދިއުން. މިހާ ހިސާބަށް ގެންގޮސްފިއްޔާ އަޅުގަނޑުމެންގެ ރެވެނިއު ހަމަ ވަރަށް ބޮޑު ތަނުން އިންކްރީޒްވެގެންދާނެ. އަޅުގަނޑުމެންގެ އެކްސްޕެކްޓޭޝަނަކީ ހަމަ 15 އިން 70 މިލިއަން ރުފިޔާގެ ރެވެނިއުއެއް 50 ޕަސެންޓް ކަވަރުކޮށްގެން ލިބޭނެކަމަށް." އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ސަރުކާރަށް ބަރޯސާ ނުވެ އެގޮތަށް މަސައްކަތްކޮށްފިނަމަ ހުރިހާ ހަރަދުތަކެއް ކަވަރުކުރެވޭނެ ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު