ގޫގުލް ފޮޓޯތަކާއި ޑްރައިވް އަދި ޖީމެއިލް އަށް އަގުހެޔޮ ސްޓޯރޭޖެއް ތައާރަފުކޮށް ސަބްސްކްރިޕްޝަނަށް ހުޅުވާލައިފިއެވެ.

ދަ އިންޑިއަން އެކްސްޕްރެސްގެ ރިޕޯޓެއްގައިވާ ގޮތުން އިންޑިއާގެ ބައެއް ގޫގުލް ޔޫޒަރުންނަށް ގާތްގަނޑަކަށް 10.79 ރުފިޔާ އަށް ލިބޭ އާ ގޫގުލް ވަން “ލައިޓް” ސަބްސްކްރިޕްޝަނެއް ވަނީ ހުޅުވާލާފައެވެ. މިއަށް ގޫގުލް ބޭނުން ކުރާ ކޮންމެ މީހަކަށް ވެސް ސަބްސްކްރައިބު ކުރެވޭނެއެވެ.

މިހާރު އެއް މަސް ދުވަހުގެ ހިލޭ ޓްރަޔަލްއެއް ލިބޭ އާ ލައިޓް ޓިއާގައި ގޫގުލް ފޮޓޯސް، ގޫގުލް ޑްރައިވް އަދި ޖީމެއިލް އަށް 30ޖީބީ އާއި ހަމައަށް ކްލައުޑް ސްޓޯރޭޖް ލިބޭއިރު، ހަމައެކަނި ސައިން އަޕް ކުރުމުން ފުރަތަމަ 15 ޖީބީ ޔޫޒަރުންނަށް ހިލޭ ލިބޭ މިންވަރު ދެގުނައަށް އިތުރުވެގެންދެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގޫގުލްގައި ފޮޓޯ އަދި ވީޑިއޯ ރައްކާކުރާ މީހުން ގިނަކަން ފާހަގަ ކުރެވޭއިރު މިއީ އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް ލިބިގެން ދިޔަ އުފާވެރި ޚަބަރެއްކަން ފާހަގަ ކުރެވެއެވެ. އަދި ޖީމެއިލް ބޭނުންކުރާ މީހުންގެ ޖީމެއިލްތައްވެސް ފަސޭހަކަމާއެކު ރިކަވަރ ކުރުމަށް މިކަމުގެ ސަބަބުން އެހީ ލިބިގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން