އައްޑޫ ސިޓީގެ ހުޅުމީދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ރޭ 11 ޖަހާކަންހާއިރު ކަމަށެވެ.
އެ އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެން ކަަމަށާއި އަދި ދެ މީހަކަށް އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ދެ ސައިކަލު ޖެހުމާއެކު އެއް ސައިކަލުގައި އިން މީހަކު ސީން ދޫކޮށް ފިލަ އެވެ. ބެލެވޭ ގޮތުން އެއީ އެ ސައިކަލު ދުއްވަން އިންނަ މީހާ އެވެ.
އަދި އެކްސިޑެންޓްވީތަނާ ކޮންމެ ސައިކަލަކުން ވެސް އެކަކަށް ބޮޑެތި ގެއްލުންތަކެއްވެ ބިން މައްޗަށް ވެއްޓިފައި އޮންނަތަން ފެނެއެވެ. އަދި އެހެން މީހުން އައިސް އެ މީހުންނަށް އެހީވާން އުޅޭތަން ވެސް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު