އުރުދުންގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ޖަޢުފަރު ޙަސަން، އެގައުމުގެ ރަސްގެފާނު ޢަބްދުالله ބިން އަލް-ޙުސައިން ދެވަނަ އައްޔަން ކުރައްވައިފިއެވެ.

އުރުދުންގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ރަސްގެފާނު ޢަބްދުالله ބިން އަލް-ޙުސައިން ދެވަނަ އައްޔަން ކުރައްވާފައި ވަނީ ރަސްގެފާނާއި އަރިސް ބޭފުޅެއް ކަމުގައިވާ ޖަޢުފަރު ޙަސަން އެވެ.

އުރުދުންގެ ޝާހީ ގަނޑުވަރުގެ އިސް މުޝީރެއްގެ ގޮތުގައި ހުންނެވި ޙަސަން ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އެ ޤައުމުގެ ސަރުކާރު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

އާ ބޮޑުވަޒިރަކު އައްޔަން ކުރައްވައި އުރްދުންގެ ޝާހީ ގަނޑުވަރުން ބުނީ ސަރުކާރު އިސްތިއުފާ ދީފައި ވަނީ، ހުސްވި ހަފުތާގައި ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅުން ކާމިޔާބީތަކެއް ހޯދުމާ ގުޅިގެން ކަމުގައެވެ.

ޙަސަންގެ ކުރިން ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާފައި ވަނީ ބަޝަރު ޚަޞަވްނާއެވެ. ޚާރިޖީ ދާއިރާގެ މާހިރެއް ކަމުގައިވާ ޚަޞަވްނާ އެ މަޤާމަށް ޢައްޔަން ކޮށްފައި ވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. ޚަޞަވްނާގެ ބަދަލުގައި ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި ޙަސަނަކީ ކުރިން ޕްލޭނިންގ ދާއިރާގެ ވަޒީރު ކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޝާހީ ގަނޑުވަރުން ބުނީ، ޙަސަންގެ އައު ސަރުކާރު އެކުލަވައިލެވެންދެން ޚަޞަވްނާ ވަގުތީ ގޮތުން ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތުތައް ފުރުއްވާނެ ކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން