ހުޅަނގުގެ ލޯތަށް އަޝިޔާއަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރަޝިޔާ ސިފައިންގެ އަދަދު ތިން ވަނަ ފަހަރަށް އިތުރު ކުރުމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން އަމުރު ކުރައްވައިފިއެވެ.
ރައީސް ޕޫޓިން ވަނީ ރަޝިޔާގެ ސިފައިންގެ އަދަދު، އާބާދީ ބޮޑު ޗައިނާއަށް ފަހު ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ސިފައިންގެ ލަޝްކަރަށް ހެދުމުގެ ގޮތުން ޖުމްލަ 1.5 މިލިއަން އެކްޓިވް ސަރވިސްމަނުންނަށް އިތުރުކުރުމަށް އަމުރުކޮށްފައެވެ. އެގޮތުން މިހާރު ޕޫޓިން ވަނީ 180،000 ސިފައިން އިތުރު ކުރުމަށް އަންގަވައިފައެވެ.
ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި އަމުރަށް ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާއިރު، އެ ގަރާރުގައި ބުނެފައިވަނީ ހަތިޔާރު އެޅި ސިފައިންގެ ޖުމްލަ ސައިޒު 2.38 މިލިއަނަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އަސްކަރީ ތިންކް ޓޭންކެއް ކަމަށްވާ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޓްރެޓީޖިކް ސްޓަޑީޒް (އައިއައިއެސްއެސް) ގެ ޑޭޓާއިން ދައްކާ ގޮތުގައި މިފަދަ އިތުރުވުމަކުން އެމެރިކާ އާއި އިންޑިއާއަށް ވުރެ ރަޝިޔާގެ ހަރަކާތްތެރި(އެކްޓިވް) ހަނގުރާމަވެރިން ގިނަވެ، ސައިޒުން ޗައިނާއަށް ފަހު ދެވަނައަށް ލަޝްކަރު ވެގެންދާނެ އެވެ. އައިއައިއެސްއެސް އިން ބުނާ ގޮތުގައި ބެއިޖިންގައި އެކްޓިވް ޑިއުޓީ ސަރވިސް ޕާސަނަލް ދެ މިލިއަނަށް ވުރެ ގިނަ ސިފައިން އެބަތިއްބެވެ.
މި އަމުރަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނަށް އަރައިގަތް ފަހުން ޕޫޓިން އެގައުމުގެ ސިފައިންގެ ސަފުތައް ފުޅާކުރި ތިން ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު