ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އިއްޔެ ދިން ހަމަލާއެއްގައި ޣައްޒާގެ 35 މީހުން ޝަހީދުވެއްޖެއެވެ.

ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 35 މީހަކު ޝަހީދުކޮށްލާފައިވާއިރު މި ހަމަލާއަށް ފަހު ދިން ހަމަލާއެއްގައިވެސް ޣައްޒާގެ ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސްއިން ބުނެފިއެވެ.

މިސްރާއި ޣައްޒާ ބޯޑަރުގައި އޮންނަ ފިލަޑެލްފީ ކޮރިޑޯ އިސްރާއީލުން ކޮންޓްރޯލް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން މިހާރުވެސް ބުނަމުން ދާއިރު އެ ހިސާބުތަކުން މީހުން ހިޖުރަކުރުމަށްވެސް ޔަހޫދީން ދަނީ ޣައްޒާ ރައްޔިތުންނަށް އަމުރުކުރަމުންކަން ފާހަގަކުރެވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން މިސްރަށް ތިން ދުވަހުގެ ދަތުރުފުޅެއްގައި ވަޑައިގަންނަވާއިރު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 41،226 މީހުން މަރުވެ 95،413 މީހުން ޒަޚަމްވެފައިވެއެވެ. އިސްރާއީލުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ރަހީނުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން