2015 ވަނަ އަހަރު، އެލް ސެލްވަދޯރަކީ ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން މީހުން މަރާ ގައުމުގެ ގޮތުގައި ފާހަގަކުރެވުނު ގައުމެވެ. އެހެންނަމަވެސް، މިއަދު އެލް ސެލްވަދޯރަކީ މީހުން މަރާ ނިސްބަތް ދެވަނައަށް އެންމެ ދަށް ޤައުމެވެ. މިއީ ކިހިނެއް އައި ބަދަލެއްހެއްޔެވެ؟ އަދި - އެންމެ މުހިއްމު ކަމަކަށް - މި ބަދަލުގެ ފަހަތުގައި ވަނީ ކާކުހެއްޔެވެ؟
ފުރަތަމަ، ކުޑަ ތަޢާރަފެއް:
އެލް ސެލްވަދޯރުގެ މައްސަލަތައް ފެށުނީ 1980 ގެ އަހަރުތަކުގައެވެ. އޭރު ހިނގި 12 އަހަރުގެ އަހުލީ ހަނގުރާމައަކާ ގުޅިގެން އެގައުމުގެ ގިނަ ބަޔަކު ފިލައިގެން އެމެރިކާގެ ކެލިފޯނިއާއަށް ދިޔައެވެ. އޭގެ ތެރެއިން ބައެއް މީހުން އެތަނުގައި ކުށްކުރާ ބޮޑެތި ގޭންގުތައް އުފެއްދިއެވެ. މިގޮތުން ފުރަތަމަ ބެރިއޯ 18 އަދި ފަހުން އެމްއެސް-13 އުފެއްދިއެވެ. ފަހުން އެމެރިކާއިން މި ގޭންގުތަކުގެ މެންބަރުން އެލް ސެލްވަދޯރަށް އަނބުރާ ފޮނުވާލިއެވެ. އެ ހިސާބުން އެލް ސެލްވަދޯރުގައި އެމީހުންގެ ބިރުވެރި އަނިޔާވެރިކަން ފެށުނެވެ.
މި ގޭންގުތަކުން ޒުވާނުންނަށް މަޖުބޫރުކޮށްގެން ގޭންގުތަކަށް ވައްދައިގެން އެމީހުންގެ ސަފުތައް އިތުރުކުރިއެވެ. އެމީހުން އެގައުމުގެ ބޮޑެތި ސަރަހައްދުތައް ކޮންޓްރޯލް ކުރިއެވެ. އަދި އެ ސަރަހައްދުތަކުގެ ހުރިހާ އެންމެންގެ އަތުން - މަގުމަތީގައި އާދައިގެ ވިޔަފާރިކުރާ މީހުންނާއި، ބޮޑެތި ކުންފުނިތަކާ ހަމައަށް, "ރައްކާތެރިކަމުގެ ފީ" ގެ ނަމުގައި ފައިސާ ފޭރެން ފެށިއެވެ. އެމީހުންނާ ދެކޮޅުވާ ބަޔަކު ނަމަ ގަތުލުކޮށް މަރަން ފެށިއެވެ. އޭގެ ސަބަބުން އެލް ސެލްވަދޯރުގައި މީހުން މަރާ ނިސްބަތް އުފުލިގެން ދިޔައެވެ.
ގޭންގުތަކުގެ ބިރުވެރި އަނިޔާވެރިކަން ހައްދުފަހަނައަޅާފައި ވަނިކޮށް 2019 ގައި، 37 އަހަރުގެ ނަޔީބް ބުކޭލޭ އެގައުމުގެ ރައީސްކަމަށް އައެވެ. ވެރިކަމަށް އައިސް އޭނާ ގައުމުގެ ސަލާމަތީ ކަންކަމުގެ ބަޖެޓު ބޮޑުކުރިއެވެ. އަދި އޭގެ ބޭނުންކޮށްގެން ކުށްވެރިން ހައްޔަރުކުރަން ފެށިއެވެ. އެހެން މީހުން ނުކުރާ ގޮތަށް އޭނާ ސިފައިންގެ ބާރު ބޭނުންކުރިއެވެ. އަދި ކުށްކުރުން ބަލައިނުގަންނާނެކަން ސާފުކޮށް އެނގޭގޮތަށް ދެއްކިއެވެ.
ކަންކަން މަޑުމަޑުން ރަނގަޅުވަމުން ދަނިކޮށް 2022 ވަނަ އަހަރުގެ މާޗުމަހުގެ ހަފްތާ ބަންދެއްގައި، ގޭންގުތަކުގެ މީހުން 90 އާ ގާތްކުރާ އަދަދެއްގެ މީހުން ގަތުލުކުރިއެވެ. މިއީ އެ ގައުމުގެ އަހުލީ ހަނގުރާމައަށްފަހު އެންމެ ގިނަ މީހުން މަރާލެވުނު ހާދިސާއެވެ. ބުކޭލޭ މިކަމަށް ޖަވާބުދިނީ 30 ދުވަހުގެ "އިސްތިސްނާ ޙާލަތެއް" އިޢުލާނުކޮށްގެންނެވެ. މިގޮތުން މިނިވަންކަމާއެކު އެއްވެއުޅުމުގެ ޙައްޤު ހަނިކުރެވުނެވެ. އަދި ކޯޓު އަމުރު ނެތި މީހުން ހައްޔަރުކުރުމުގެ ހުއްދަ ދެވުނެވެ. ނަތީޖާއަކީ ކޮބާހެއްޔެވެ؟ އާދެ، ގޭންގުތަކުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ލިބުމެވެ.
ޝައްކުކުރެވޭ ގޭންގު މެންބަރުން ސްކޫލުތަކުންނާއި، މަގުމަތިންނާއި، އެތަންމިތަނުން ހައްޔަރުކުރިއެވެ. މިގޮތުން ކޮންމެ ދުވަހަކު 1،000 އަށްވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ. ބުކޭލޭއަށް މި ހުރިހާ އެންމެން ބަންދުކުރަން މުޅިން އާ މަރުކަޒެއް ވެސް އަޅަންޖެހުނެވެ.
އެ އަހަރު، އެލް ސެލްވަދޯރުގައި މީހުން މެރުމުގެ މައްސަލަތައް %50 އަށް ދަށްވިއެވެ. ޖެހިގެން އައި އަހަރު، އެ މިންވަރު %70 އަށްވުރެ ބޮޑަށް ދަށްވިއެވެ.
ބުކޭލޭގެ ސިޔާސަތުތަކުގެ ކާމިޔާބީއާއެކުވެސް، އޭނާއަށް ފާޑުކިޔާ ފަރާތްތައް މަދެއް ނޫނެވެ. އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާތަކުން ބުކޭލޭގެ މައްޗަށް، ކުށެއް ސާބިތުނުވާ ފަރާތްތައް ހައްޔަރުކުރުމާއި، ބަންދުގައި ތިބޭ މީހުންނާމެދު އަނިޔާވެރި އަމަލުތައް ހިންގާކަމުގެ ތުހުމަތުތައް ކޮށްފައިވެއެވެ. އެހެންނަމަވެސް، އެލް ސަލްވަދޯރުގެ ޖަލުތަކުގައި ކުށްވެރިން މަރުވާ މިންވަރު އަހަރަކު ގާތްގަނޑަކަށް 140 ގައި ހުރިއިރު، މިއީ އެމެރިކާ ފަދަ ގައުމަކާ އަޅާބަލާއިރު ދަށް މިންވަރެކެވެ.
މިކަމާ ގުޅޭގޮތުން ބުކޭލޭ ވިދާޅުވެފައިވަނީ: "އާންމުކޮށް ރޭގަނޑުގެ ކެއުމަށް ވަރަށް އާދައިގެ ގޮތަކަށް ބީންސްއާއި 'ތޮރްތިއްޔާ' ކައިއުޅޭ ސެލްވަދޯރުގެ ރައްޔިތުންނަށް، އެމީހުންގެ ޢާއިލާގެ މެންބަރުން މަރާލާފައިވާ ބަންދު މީހުންނަށް އެއްގަމު މަހާއި ކުކުޅު ކާންދިނުމަށް ޓެކްސް ދެއްކުމަށް އަޅުގަނޑު އެދެނީ ކިހިނެއްތޯ؟"
ކުށްވެރިންނާއި ކުށްތައް ނައްތާލުމުގައި ބުކޭލޭ ހޯއްދަވާފައިވާ ކާމިޔާބީއަކީ ސިޔާސީ ވެރިން އޭނާއަށް ނަފްރަތުކުރާ ސަބަބެވެ. މިއިން ހާމަވަނީ ކުށްވެރީންނަށް ފުރުސަތު ދިނުމަކީ އިޚްތިޔާރެއްކަމެވެ. އެލް ސެލްވަދޯރު ފަދަ ޤައުމަކަށް ގޭންގުތަކާއި އެމީހުންގެ އަނިޔާވެރިކަން ނައްތާލި ގޮތަށް، އެއަށްވުރެ ބާރާއި ވަސީލަތްތައް ގިނަ އެހެން ޤައުމުތަކަށް އެކަން ނުކުރެވެނީ ކީއްވެގެންހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް ގާބިލުކަން ނެތިގެން ނޫންކަން ޔަގީނެވެ. އެގައުމުތަކުގެ ވެރީންގެ މަދުވަނީ އެކަން ކުރުމުގެ އަޒުމާއި އިޚްލާޞްތެރިކަމެވެ.
އެފަދަ ގަމުތަކުގެ ވެރިން ބާރުގެ ބޭނުންކުރުމާއި އަދަބުދިނުމަށް ބަލަނީ ނުރުހުމާއެކުގައެވެ. އަދި ކުށްވެރިންނާމެދު ޢަމަލުކުރަނީ ރަޙުމާއި ހަމްދަރުދީއާއެކުގައެވެ. ކުށަށް އަދަބު ދެވޭ ސަބަބު ގިނަ ބަޔަކަށް ނޭނގެއެވެ. މިސާލަކަށް ވައްކަންކުރާ މީހާއަށް އަދަބު ދެނީ އޭނާ ވައްކަންކުރީތީއެއް ނޫނެވެ. ދެވަނަ މީހެއްގެ އެއްޗެއް ވަގަށް ނެގިޔަ ނުދިނުމަށްޓަކައެވެ.
އެލް ސެލްވަދޯރުގެ ރައީސް ނަޔީބް ބުކޭލޭގެ ޒައާމަތުން ދައްކައިދެނީ އެފަދަ ކަންކަން އިސްލާހުކުރަން އެހެން ގޮތެއް ވެސް އޮތް ކަމެވެ. އޭނާ ސާބިތުކޮށްދެއްވަނީ ކުށާއި އަނިޔާވެރިކަމަކީ ހަމައެކަނި މީހުން ގިނަ އަރބަން ސަރަޙައްދުތަކުގައި "ޤުދުރަތީ ނަތީޖާއެއް" ގެ ގޮތުން އުފެދި ހަރުލާފައި ހުންނާނެ ކަންކަން ނޫންކަމެވެ. އޭގެ ބަދަލުގައި، އެއީ އެންމެ ނުރައްކާތެރި ޙާލަތްތަކުގައި ވެސް މަދު އަހަރުތަކެއްގެ ތެރޭގައި ނައްތާލެވިދާނެ ކަންތައްތަކެއް ކަމެވެ.
ނަޔީބް ބުކޭލޭގެ ކާމިޔާބީގެ ސަބަބުން ހުޅަނގުގެ ވެރިންނަށް އެބައިމީހުންގެ އަގުވެއްޓޭކަމުގެ އިހުސާސްކުރެވޭހައި ހިނދަކު، އޭނާއާ ދެކޮޅަށް ކުރާ ތުހުމަތުތަކަށް ހުއްޓުމެއް ނާންނާނެއެވެ. ކޮންމެއަކަސް ހަގީގަތަކީ އޭނާގެ މަސައްކަތުގެ ނަތީޖާއިން އޭނާއަށް އެ ގައުމުގެ %90 ތާއީދު އޮތްކަމެވެ. އޭނާ ވަނީ ގައުމު ކުރިއަރުއްވާފައެވެ. ގައުމުގެ މަގުތައް އަމާންކޮށްދެއްވާފައެވެ.
ބުކޭލޭ ވިދާޅުވަނީ: "ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަގެއް ވެއެވެ. އަދި ޚުދުމުޚުތާރު ގޮށްމުށުގެ ބާރުވެރިއެކޭ ކިޔުމުގެ އަގަކީ އެކަމާ އަޅުގަނޑު ކަންބޮޑުވާ ވަރަށްވުރެ މާ ކުޑަކުޑަ އަގެކެވެ."

ކިޔުންތެރިންގެ ހިޔާލު