ލުބުނާނުގައި ވޯކީޓޯކީތައް ގޮވައި 20 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މުވާސަލާތީ ބޭނުންތަކަށް ހިޒްބުﷲ އިން ގެންގުޅޭ ޕޭޖަރުތައް ގޮވައި 12 މީހުން މަރުވެ 3000 މީހުން ޒަޚަމްވި ހާދިސާ ހިނގިތާ އެއްދުވަސް ފަހުންނެވެ.
ލުބުނާންގެ ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވޯކީޓޯކީތައް ގޮވައި ހިނގި ހާދިސާގައި 20 މީހުން އިއްޔެ މަރުވެފަައިވާ ކަމަށެވެ. އަދި މިހާދިސާ ތަކުގައި 450 މީހުން ޒަޚަމްވެފައިވާ ކަމަށް އެވުޒާރާއިން ހާމަކުރެއެވެ.
ހިޒްބުﷲ އިން ވަނީ އަންގާރަ ދުވަހު ޕޭޖަރުތައް ގޮވި ހާދިސާ އެއީ އިޒްރޭލުން ހިންގި ޖަރީމާއެއް ކަމަށް ބުނެ، އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހާދިސާގައި މަރުވި މީހުންގެ ޖަނާޒާ އަށް ދިޔަ ހިޒްބުﷲ މެމްބަރުން ގެންގުޅުނު ވޯކީޓޯކީތައް ވެސް ގޮވިތަކެތީގެ ތެރޭގައި ހިމެނޭ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މީޑިޔާ ރިޕޯޓް ތައް ބުނާގޮތުން ހިޒްބުﷲ ގެ ބާރު ހިނގާ އިރުމަތީ އަދި ދެކުނުގެ ސަރަޙައްދުތަކުގައިވެސް "ޕޭޖަރުތަކާއި" "އާލާތްތައް" ގޮވައިފައިވެއެެވެ. މިގޮވުންތަކާއެކު ލުބުނާނުގައި ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.
ލުބުނާނުގައި މިހާރު ހިނގަމުންދާ ގޮވުންތަކާއި ގުޅިގެން އިސްރާއިލުން މިހާތަނަށް ވަކި އެއްޗެއް ނުބުނެއެެވެ. އެހެން ނަމަވެސް އިސްރާއީލްގެ ސިފައިންތަކަކާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ޔާއޯވް ގަލަންޓް ރޭ ވިދާޅުވީ ހަނގުރާމައިގެ އާ މަރުހަލާއެއް ފެށިފައިވާ ކަމަށެވެ. އަދި އަސްކަރިއްޔާ އާއި ސެކިއުރިޓީ އެޖެންސީތަކުން ތައުރީފް ހައްގު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ގަލަންޓް ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާ އެ އިޝާރަތް ކުރީ ކޮން ކަމަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު