12 މަސްތެރޭ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ނިރުބަވެރި އިސްރާއީލަށް އދގެ އާންމު މަޖިލީހުން އަންގައިފިއެވެ.

ޒަޔަނިސްޓް ދައުލަތުގެ އިސްތިއުމާރީ ވެރިކަން ނިންމުމަށް 12 މަސް ދުވަހުގެ މުހުލަތެއް ދިނުމަށް އދގެ އާންމު މަޖިލީހުން ފާސްކޮށްފައި ވަނީ ފަލަސްތީނުން ހުށަހެޅި ޤާރާރަށް ގިނަ ގައުމުތަކުން ވޯޓު ދިނުމާ ގުޅިގެންނެވެ.

ބައިނަލްއަޤުވާމީ ޤާނޫނުތަކާ ހިލާފަށް ނިރުބަވެރި އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ އައިރު ޤާނޫނީ އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެންނަން އދގެ އާންމު މަޖިލީހުން މުހުލަތެއް ކަނޑައަޅާފައިވާއިރު މި ޤާރާރު ފާސްކުރުމަށް 124 ޤައުމަކުން ވަނީ ވޯޓު ދީފައެވެ.

މުސްލިމުންނާ ދެކޮޅަށް ޒަޔަނިސްޓުން ހިންގަމުން ދަނީ ޣައިރު ޤާނޫނީ އިސްތިއުމާރީ ވެރިކަމެއް ކަމަށް ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން އިރުޝާދީ ލަފައެއް ދާދި ފަހުން ވަނީ ނެރެފައެވެ.

ފަލަސްޠީނުގެ ބިންތަކުން ޒަޔަނިސްޓުން ވަގުތުން ފައިބަން ޖެހޭނެ ކަމަށް ކަނޑައަޅައި އައިސީޖޭން ނެރުނު ލަފައަށް އދ.ގެ އާންމު މަޖިލީހުގެ ޤަރާރުގައި ވަނީ މަރުޙަބާ ކިޔާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 41،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ. އަދި 2.3 މިލިއަން މީހުންގެ އާބާދީގެ ބޮޑު ބައެއް ގެދޮރު ދޫކޮށް، ބަނޑުހައިހޫނުކަމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން