އީރާނުގެ ހެކަރުން ޓްރަމްޕްގެ ކެމްޕޭން އީމެއިލްތައް ވަގަށް ނަގައި ބައިޑަންގެ ޓީމަށް ފޮނުވި ކަމަށް އެމެރިކާގެ ރަސްމީ އިދާރާތަކުން ތުހުމަތުކޮށްފިއެވެ.
އެމެރިކާގެ ރަސްމީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނުން ވަގަށް ނަގާފައިވާ ތަކެތި ހިމެނޭ އީމެއިލްތައް އީރާނުގެ ހެކަރުން ރައީސް ޖޯ ބައިޑަންގެ ކެމްޕޭނުގައި ބައިވެރިވި މީހުންނަށް ފޮނުވި ކަމަށެވެ.
ޖޫން މަހުން ފެށިގެން އީރާނުގެ ސައިބަރ ހެކަރުން ކުރީގެ ރައީސް ޓްރަމްޕްގެ ކެމްޕޭނާ ގުޅުން ހުރި، ވަގަށް ނަގާފައިވާ، އާންމު ނޫން ތަކެތި އެމެރިކާގެ މީޑިއާ ޖަމިއްޔާތަކަށް ފޮނުވަމުންދާ ކަމަށް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އެޖެންސީ އަދި އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ގުޅިގެން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ހެކަރުންގެ މި މަސައްކަތަކީ ޚިޔާލުތަފާތުވުން އުފެއްދުމާއި އެމެރިކާގެ އިންތިޚާބީ މަރުހަލާއަށް އިތުބާރު ގެއްލުވާލުމަށް ކުރަމުންދާ ކަމެއް ކަމަށް އެ އިދާރާތަކުން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނީ މި މެއިލްތައް ލިބުނު ފަރާތްތަކުން ޖަވާބުދިން ކަމަށް ލަފާކުރެވޭ އެއްވެސް މައުލޫމާތެއް މިވަގުތު ނެތް ކަމަށެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ބާވަތާއި ބެހޭ އިތުރު ތަފްސީލެއް އެމީހުން ނުދެއެވެ.
އޮގަސްޓް މަހު އެމެރިކާއިން ވަނީ އީރާނުން އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭންތަކާ ދެކޮޅަށް ސައިބަރ އޮޕަރޭޝަންތައް ފަށާފައިވާ ކަމަށާއި ސިޔާސީ ޚިޔާލުތަފާތުވުން އުފެއްދުމަށް އަމާޒުކޮށްގެން ނުފޫޒު ފޯރުވުމަށް އޮޕަރޭޝަންތަކެއް ހިންގާ ކަމަށް ތުހުމަތުކޮށްފައެވެ.
އީރާނުން ވަނީ އެމެރިކާގެ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު