މ. މަޑުއްވަރީގެ މިސްކިތެއް (ރަސް ފޮޓޯ)
މ. މަޑުއްވަރީގެ މިސްކިތެއް (ރަސް ފޮޓޯ)
ހިޖުރައިގެ މަތިވެރި ޙާދިޘާއިން ލިބިގަންނަންޖެހޭ އެންމެ މުހިއްމު އެއް ފިލާވަޅަކީ ޙައްޤު ގޮތުގައި ﷲ އަށް ވަކީލުކުރުން ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން"މި މަޢުލޫއަށެވެ. މިގޮތުން ޚުތުބާގައި ފާހަގަކޮށްފައިވަނީ، ހިޖުރައިގެ މަތިވެރި ޙާދިޘާއިން ލިބިގަންނަންޖެހޭ އެންމެ މުހިއްމު އެއް ފިލާވަޅަކީ ޙައްޤު ގޮތުގައި ﷲ އަށް ވަކީލުކުރުން ކަމަށާއި، އެހެންކަމުން މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ބަލި މަޑުކަމުން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުކަމާއި، ގައިދުރުކަމާއި، މާސްކު އެޅުންފަދަ ކަންކަމަށް އިސްކަން ދިނުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ހިޖުރީ އައު އަހަރާއެކު އެންމެހައި ނުބައި ޢަމަލުތަކުން ދުރުވެ ތިބުމުގެ އަޒުމް ކަނޑައެޅުމަށް ހުކުރު ޚުތުބާގައި ވަނީ ގޮވާލާފައެވެ. ހިޖުރީ އައު އަހަރު ފެށުނު ދުވަހަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް މައްކާއިން މަދީނާއަށް ކުރެއްވި ދުވަސްކަމަށް ވުމާއިއެކު، އެ ހިޖުރައާއި މެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަން ޖެހިފައިވާ ކަމެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިން ލިބޭ ތަފާތު ފިލާވަޅުތަކާއި އިބްރަތްތަކަށް އަލިއަޅުވާލައްވާ ޚުތުބާގައި ވަނީ އެކަންތައްތަކުންވެސް ޤުރްބާންވުމުގެ މަތިވެރި ފިލާވަޅު ލިބިގެންދާކަން ފާހަގަކުރައްވާފައެވެ.

ޚުތުބާގައި ބުނެފައިވަނީ، ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތްކަމެއްކަމަށެވެ. އަދި ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށެވެ. ވުމާއެކު މި ފެށުނު ހިޖުރީ އަހަރުގައި އައު އަޒުމަކާއެކު މަސައްކަތްތައް ކޮށް އެންމެހާ ފާފަތަކުން ދުރުވެތިބުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައިވުންކަންވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

"ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ޢަބްދުﷲ ބުނު ޢަމްރުގެ އަރިހުން ރިވާ ވެގެވެގެންވެއެވެ. އެކަލޭގެފާނުވިދާޅުވިއެވެ. "ކީރިތިރަސޫލާ އެސް ގެ އަރިހުގައި މީހަކު ސުވާލެއް ދެންނެވިއެވެ. ﷲގެރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ރަސޫލާ ގެ ޙަދީޘްކުރެއްވިއެވެ. އެއީ، ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާނުގަންނަވާ ކަންތަކާ ދުރުވުމެވެ." ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުތުބާގައި ވަނީ ކަންކަމުގައި ﷲއަށް ވަކީލު ކުރަންޖެހޭ ކަމީ، ހިޖުރައިގެ މަތިވެރި ޙާދިޘާއިން އަޅުގަނޑުމެންނަށް ލިބޭ އެންމެ މުހިއްމު އެއް ފިލާވަޅުކަން ފާހަގަކުރައްވާފައެވެ. މިގޮތުން ﷲ އަށް ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ނުތިބެ ވަކީލުކުރުމަށްޓަކައި ކަންކަން ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު، ﷲގެ ޙަޟްރަތުން ރައްކާތެރިކަން ލިބޭނޭކަމަށް ޔަޤީންކޮށްގެން ތިބުމަށް ޚުޠުބާގައި ވަނީ ގޮވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން