ޓެކްސީ ރަޖިސްޓާރ ކުރާނެ ގަރާޖެއް ނެތި ފައިސާ ނަގައިގެން އެއްވެސް އިރެއްގައި ޓެކްސީ ރަޖިސްޓްރީ ކޮށްދީފައި ނުވާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ އެކްސް އެކައުންޓުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި ޓެކްސީ ގަވާއިދަށް ގެނެވުނު އިސްލާހަކީ 2023 ވަނަ އަހަރު ފަހުކޮޅު ޓެކްސީ ގަވާއިދަށް ގެނެވުނު އިސްލާހު އުނިކޮށް، މީގެ ކުރިންވެސް އަމަލު ކުރަމުން އައިގޮތަށް އަމަލުކުރުމަށްޓަކައި ގެނެވުނު އިސްލާހެއް ކަމަށެވެ.
އެގޮތުން މިނިސްޓްރީއިން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު ގަރާޖަކާ ނުލާ 10،000 ރުފިޔާއަށް ޓެކްސީ ރަޖިސްޓާރ ކުރެވޭނެ ކަމަށް ގެނެވުނު އިސްލާހު މިހާރު އުނިކޮށްފައިވާ ކަމަށެވެ.
އަދި މި އިސްލާހު އުނިކޮށްފައިވަނީ އެއީ ޤާނޫނީ ގޮތުން ކުރިއަށް ނުގެންދެވޭނެ ނިންމުމެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން 2023 ވަނަ އަހަރުގެ ނޮވެމްބަރ 9 ވަނަ ދުވަހު ލަފާ ދީފައިވާތީ ކަމަށާއި، އެ އިސްލާހަށް އެއް އިރެއްގައިވެސް އަމަލު ކޮށްފައި ނުވާނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މިދިޔަ އަންގާރަ ދުވަހު ޓެކްސީ ގަވާއިދަށް ގެނައި ބަދަލާއެކު މިހާރު ޓެކްސީ ކުރުމުގެ ލައިސެންސް ލިބި ޓެކްސީތައް ރަޖިސްޓްރީ ކުރެވޭނީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އެހެންކަމުން ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދެމުންދާ ޕްރައިވެޓު ކާރު ތަކަށްވެސް މީގެ ފަހުން ހުއްދަ ލިބޭނީ ކާރު ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ކުރުމުންނެވެ.

މިދިޔަ ހަފްތާގައި ޓެކްސީ ގަވާއިދަށް ގެނެވުނު 3 ވަނަ އިސްލާޙަކީ، 2023 ވަނަ އަހަރުގެ ފަހުކޮޅު ގަރާޖަކާ ނުލާ 10،000 ރުފިޔާއަށް ޓެކްސީ ރެޖިސްޓަރ ކުރެވޭނެކަމަށް ގެނެވުނު އިސްލާޙް އުނިކުރުމަށް ފަހު، ކުރިންވެސް އޮތްގޮތަށް ޓެކްސީ ގަވާއިދަށް އަމަލުކުރުމަށް ގެނެވުނު އިސްލާޙެއް. އަދި 2023…
— Ministry of Transport and Civil Aviation (@MoTCAmv) September 21, 2024
މިދިޔަ އަންގާރަ ދުވަހު ޓެކްސީ ގަވާއިދަށް ގެނައި ބަދަލާއެކު މިހާރު ޓެކްސީ ކުރުމުގެ ލައިސެންސް ލިބި ޓެކްސީތައް ރަޖިސްޓްރީ ކުރެވޭނީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އެހެންކަމުން ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދެމުންދާ ޕްރައިވެޓު ކާރު ތަކަށްވެސް މީގެ ފަހުން ހުއްދަ ލިބޭނީ ކާރު ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ކުރުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު