ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ކިއޮސްކްތަކުގެ ގުރުއަތުލުން ފަސްކޮށްފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ 20 ކިއޮސްކް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހު އެވެ.

އަދި އޭގެ ގުރުއަތުލުން މިއަދު ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ.

ނަމަވެސް އެޗްޑީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކިއޮސްކްތައް ގުރުއަތުލުން މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ ގުރުއަތުލުން ފަސްކުރީ ކުރިމަތިލި ބައެއް ފަރާތްތަކުގެ އެޕްލިކޭޝަންތައް ރިޖެކްޓްވެފައި ހުރުމާއެކު އެކި ފަރާތްތަކުން ކަންބޮޑުވުން ހުރުމުން ކަމަށެވެ.

ނަމަވެސް އެޗްޑީސީން ބުނީ އެޕްލިކޭޝަންތައް ރިޖެކްޓްކޮށްފައިވަނީ އެޗްޑީސީއަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ކަމަށެވެ.

ކިއޮސްކްއަށް ކުރިމަތިލާން ކުރި އިއުލާންގައި ވެސް އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭނަމަ ޝަރުތު ހަމަނުވާނެ ކަމަށް ބުނެފައި ވެއެވެ.

ކިއޮސްކްތަކަށް ކުރިމަތިލުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި ހިޔާ ފްލެޓްގައި ދިރިއުޅޭ 18 އަހަރުން މަތީގެ ދިވެއްސަކަށް ވުމާއެކު ކިއޮސްކް ހިންގުމުގެ ހުރިހާ މަސައްކަތެއްގައި އުޅެން ޖެހެނީ ދިވެހިންކަމަށް ވުން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން