ސައުދީ އަރަބިއްޔާގެ ދައުލަތުގެ ޗެނަލް އަލްއަރަބިއްޔާ--
ސައުދީ އަރަބިއްޔާގެ ދައުލަތުގެ ޗެނަލް އަލްއަރަބިއްޔާ--
ސައުދީ އަރަބިއްޔާގެ ދައުލަތުގެ ޗެނަލް އަލްއަރަބިއްޔާއިން އިސްރާއިލުގެ ސިފައިން ޕްރޮމޯޓްކުރާކަމުގެ ވަރުގަދަ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

އެކަން ފަޅާއަރުވާލައިފައިވަނީ އިސްރާއިލުގެ ޗެނެލްއެއް ކަމަށްވާ "ކެން" އިންއެވެ.

އެގޮތުން އެ ޗެނަލުން ސީދާ އިސްރާއިލުގެ މޫނުމަތި ރީތިކުރުމަށް މަސައްކަތްކުރާ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ދާދި ފަހުން އިސްރާއިލުން ފަތަހަ ޖަމާއަތުގެ ކޮމާންޑަރެއް ޝަހީދުކޮށްލި ޚަބަރު ވެސް، އެހެން ބަޔަކު ރިޕޯޓްކުރުމުގެ ކުރިން އަލްއަރަބިއްޔާއިން ރިޕޯޓްކުރި ކަމަށާއި، އަދި އޭރު އޭނާގެ ހަށިގަނޑުކަން ވެސް ސީދާ އޮތީ ފަލަސްތީނުގެ މީހުންނަށް ކަށަވަރުވެސް ނުވެ ކަމަށެވެ. އެހެންވެ އިސްރާއިލުގެ ސިފައިންފެ ފަރާތުން އެ ޚަބަރު މާކުރިން އަލްއަރަބިއްޔާއަށް ލިބިފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އޭގެ އިތުރުން އިސްރާައިލުން ދޭ ހަމަލާތަކުގައި ފަލަސްތީނުގެ މީހުންނަކީ ޝަހީދުންކަމުގައި ބުނުމުގެ ބަދަލުގައި އެ މީހުން މަރުވީ ކަމަށް ބުނާ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި އިސްލާމީ މީޑިއާތަކުން އިސްރާއިލަކީ އިސްތިއުމާރީ ދައުލަތެއް ކަމަށް ރިޕޯޓްކުރާއިރު އަރަބިއްޔާއިން އެފަދަ އެއްވެސް ލަފްޒެއް ވެސް ބޭނުމެއް ނުކުރެއެވެ.

އޭގެ އިތުރުން ހަމާސްގެ މީހުންނަށް އެއަރ ޓައިމް ދޭ އިރު އާދަޔާ ޚިލާފަށް ވަރުގަދަ ސުވާލުތައް ކުރާ އިރު އިސްރާއިލުގެ ސިފައިންގެ ތަރުޖަމާނަވެސް މާގިނައިން އެއަރ ޓައިމް ދޭ މައްސަލަ ވެސް ގިނަ ބަޔަކު ޖައްސައެވެ.

މީގެ ކުރިން އިސްރާއިލުގެ މިނިވަން ނޫހެއް ކަމަށްވާ "ހާރެޓްޒް" އިން ވެސް ވަނީ އަލްއަރަބިއްޔާއިން އާދަޔާ ޚިލާފަށް އިސްރާއިލުގެ ކޮޅަށް ޖެހި ރިޕޯޓްކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން