ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުން ބަލިވެވަޑައިގެންފި ނަމަ ދެން އިންތިހާބެއްގައި ވާދަ ނުކުރައްވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އިންތިހާބުން ބަލިވެވަޑައިގެންފިނަމަ އެމެރިކާގެ ރިޔާސީ އިންތިޚާބެއްގައި ދެން ވާދަނުކުރައްވާނެ ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީގެ ވާދަވެރި ކެންޑިޑޭޓް ކަމަލާ ހެރިސް އަތުން ބަލިވެވަޑައިގެންފިނަމަ ހަތަރު އަހަރު ފަހުން އަނެއްކާވެސް އިންތިހާބުގައި ވާދަކުރައްވާތަން ފެންނާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.

އުމުރުން 78 އަހަރުގެ ޓްރަމްޕް ވިދާޅުވީ މި އިންތިހާބުން އޭނާއަށް "ކާމިޔާބު" ލިބިވަްައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

2020 ވަނަ އަހަރު އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އާ ވާދަކުރައްވައި ޓްރަމްޕް އަށް ނާކާމިޔާބު ލިބިވަޑައިގެންނެވި އިރު ޓްރަމްޕް ވަނީ އެ އިންތިހާބުގައި ބައިޑެން މަކަރު ހައްދަވާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ އިންތިހާބު ގަބޫލު ނުކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން