ހުޅުމާލޭގެ ރައުންޑްއެބައުޓް ތަކުގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިން ކުރުމުގެ މުބާރާތެއް އެޗްޑީސީން ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނެފައިވަނީ، ހުޅުމާލޭގައި ރައުންޑްއެބައުޓްތައް އިތުރުވަމުންދާއިރު އެ ތަންތަނުގައި ދިވެހި ވަންތަކަން ދައްކުވައިދޭ މޮނިއުމަންޓްތަކެއް ބަހައްޓަން ބޭނުންވާކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭފަދަ 17 މޮނިއުމަންޓްތަކެއް ޑިޒައިން ކުރުމުގެ ފުރުސަތު އާޓިސްޓުންނާއި އާކިޓެކްޓުންނާއި ޑިޒައިނަރުންނަށް މިއަދު ހުޅުވާލާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މޮނިއުމަންޓްތަކުގެ ޑިޒައިން ތައްޔާރުކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރީތި ޑިޒައިނެއް ހުށަހަޅާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގައި ހިމެނޭ 11 ރައުންޑްއެބައުޓްގައި މޮނިއުމަންޓް ބެހެއްޓުމަށް ޑިޒައިން ހުށަހެޅުމުގެ ސުންގަޑި ހުޅުވާލާފައިވަނީ އޮކްޓޯބަރު 30 ވަނަ ދުވަހާއި ހަމައަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން