ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ އެމަނިކުފާނުގެ ކެބިނެޓަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

މިވަގުތު ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގެ ހިމެނިވަޑައިގަންނަވަނީ އެންމެ ތިން ބޭފުޅުންނެެވެ. ލަންކާގެ ވަޒީރުންގެ މަޖިލީހުގައި 15 މިނިސްޓްރީ އެއް ހިމެނެއެވެ. އެއީ ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރިނީ އާއި ވިޖިތާ ހެރަތެެވެ. އޭގެ ތެރެއިން ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ޑިފެންސް މިނިސްޓްރީ އާއެކު ހަތަރު ވުޒާރާއެއްގެ ހިންގުމާއި ވަނީ ހަވާލުވެވަޑައިގެންފަައެވެ. ޑރ. ހަރިނީއަށް ވަނީ ބޮޑުވަޒީރު ކަމުގެ އިތުރުން ޖަސްޓިސް، އެޑިޔުކޭޝަން އަދި ލޭބަރ މިނިސްޓްރީގެ ޒިންމާތައްވެސް ހަވާލުކުރައްވާފައެވެ. މީގެ އިތުރުން ވިޖިތާ ހެރަތާ ވަނީ 6 މިނިސްޓްރީއެއްގެ ޒިންމާ ހަވާލުކުރައްވާފައެވެ.

ލަންކާގެ ވެރިކަންކުރާ ޕާޓީ އެންޕީޕީން ވަނީ އެ އެލަޔަންސްގެ ސަރުކާރުގައި ކެބިނެޓް ކުޑަވާނެ ކަމަށާއި އެގޮތުން އެ ސަރުކާރުގައި އޮންނާނީ ގައުމުގެ ތާރީޚުގައި ވެސް އޮންނަ އެންމެ ކުޑަ ކެބިނެޓް ކަމަށް މީގެ ކުރިން ބުނެފައެވެ.

ސްރީލަންކާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ދިސާނަޔަކަ ކާމިޔާބު ކުރެއްވީ 42.31 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެމަނިކުފާނު ވަނީ އިއްޔެ ރައީސްކަމުގެ ހުވާ ކުރައްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން