މަބްރޫޫޫކް އަޒީޒް މީޑިއާއަށް މައުލޫމާތު ދެއްވަނީ
މަބްރޫޫޫކް އަޒީޒް މީޑިއާއަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި މީހުންގެ ތެރެއިން ރަނގަޅުވި ދެމީހަކު މިއަދު ދޫކޮށްލައިފިއެވެ.

ކޯވިޑް-19 އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ މިއީ ސޭންޑީސް ބަތަލާ ރިސޯޓުން ޕޮޒިޓިވްވި މީހުން ކަމަށާއި އެ މީހުން ދޫކޮށްލީ ހަމަ މިއަދު ފުރައިގެންދާ ގޮތަށް ކަމަށެވެ.

ރާއްޖެއިން ކޯވިޑް-19 އަށް 19 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު އެންމެ ފަހުން ޕޮޒިޓިވްވި ހަތަރު ދިވެއްސަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. ބަލި ހުރިކަން އެނގުމުގެ ކުރިން އިޓަލީގެ ދެ މީހަކު ވަނީ ރާއްޖެއިން ފުރައިފަ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި މިއަދު ހަވީރު 4:00 އާ ހަމަ އަށް ވައިރަސް އަށް ޓެސްޓްކުރުމަށް 1،444 ސާމްޕަލް ނަގާފައިވެ އެވެ. އަދި 51 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި 23 ފްލޫ ކްލިނިކް ހުޅުވާފައި ވާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި 162 މީހަކު އެ ތަންތަނަށް ދައްކާފައިވާ ކަމަށާއި ފްލޫ ކްލިނިކްތަކަށް މިހާތަނަށް 5،719 މީހަކު ދައްކާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން