ސޫދާންގައި ހުންނަ ޔޫއޭއީގެ ސަފީރު ދިރިއުޅުއްވާ ގެކޮޅަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ހުންނަ ޔޫއޭއީގެ ސަފީރު ދިރިއުޅުއްވާ ގެކޮޅަށް ދީފައިވަނީ ރަހުމުކުޑަ ހަމަލާއެއް ކަމަށެވެ.
އަދި އެ ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެއީ ވިއެނާ ކޮންވެންޝަނާއި ބައިނަލްއަގުވާމީ އެހެން ގާނޫނުތަކާއިވެސް ކަނޑައެޅިގެން ޚިލާފު އަމަލެއްކަމަށް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ މުއާހަދާތަކުން ޑިޕްލޮމެޓިކް ތަންތަނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމުކަމަށާއި މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޔޫއޭއީގެ ރައްޔިތުންނާއެކުގައި ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު